މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ، ޒޫމް މެދުވެރިކޮށް ބައްދަލުކުރަނީ

މާލެ ސިޓީ ކައުންސިލގެ ފަރާތުން މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ، ޒޫމް މެދުވެރިކޮށް ބައްދަލުކުރަން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ، މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކު...

27 Feb 2021 | 12:42

މާލެ ސިޓީ ކައުންސިލގެ ފަރާތުން މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ، ޒޫމް މެދުވެރިކޮށް ބައްދަލުކުރަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ، މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ފެބްރުވަރީ މަހު ބޭއްވުމަށް ޤާނޫނުން ލާޒިމް ކުރާ ބައްދަލުވުން ކޮވިޑް 19 ގެ ޙާލަތާ ގުޅިގެން އެއްތަނަކަށް އެއްވެ މި ބައްދަލުވުން ބޭއްވޭގޮތް ވަނީ ނުވެފައި ކަމަށެވެ.

އެހެން ނަމަވެސް ކޮވިޑް 19 ގެ މި ޙާލަތުގައި ޒޫމް މެދުވެރިކޮށް 2021 މާރިޗް 08 ވަނަ ދުވަހު ހަވީރު 4:00ގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައި ވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އަދި މިބައްދަލުވުން ޕަބްލިކް ސަރވިސް މީޑިއާއިންނާއި ފޭސްބުކު ޕޭޖުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޒޫމް މެދުވެރިކޮށް ބައިވެރި ވެވޭނެ ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ.

މިބައްދަލުވުމުގެ ލިންކް ތިރީގައި އެވަނީއެވެ.

https://zoom.us/j/91216011193?pwd=YzV1MUNCYkkySlVzdi90NERFSjVJQT09

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް