އަޚާއެވެ. އެނގޭހެއްޔެވެ.؟ ރަމަޟާން މަސް ދާދި ކައިރިވެއްޖެއެވެ! އެ މަސް ލިބުމަށްއެދި ދުޢާކުރުން ގިނަ ކުރާށެވެ.

މިއަހަރުގެ ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކުރަނީއެވެ. ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކުރުމަށް މިހާރު މާ ގިނަ ދުވަސަތަކެއް ނެތެވެ. ރަމަޟާން މަހާއި އަޅުގަނޑުމެން ...

27 Feb 2021 | 12:18

މިއަހަރުގެ ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކުރަނީއެވެ. ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކުރުމަށް މިހާރު މާ ގިނަ ދުވަސަތަކެއް ނެތެވެ. ރަމަޟާން މަހާއި އަޅުގަނޑުމެން ބައްދަލުކުރަން ދެން އޮތީ ގާތްގަނޑަކަށް މަހެއްހައި ދުވަހެވެ. އެކަން ތިބާ ދެނެހުރީމު ތޯއެވެ.؟

ރަމަޟާން މަހަށް ތައްޔާރުވާން ގިނަ ކަންތައްތެކެއް ކުރަން އެބަޖެހެއެވެ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ ރަމަޟާން މަހާއި ބައްދަލުކުރުމުގެ ފުރުޞަތު ދެއްވެވުން އެދި ﷲ ގެ ކިބަފުޅަށް ގިނަގިނައިން ދުޢާކޮށް ދެންނެވުމެވެ.

ރަމަޟާން މަސް ލިބި އެމަހެއްގައި ލިބޭ ފުރިހަމަ ސަވާބާއި ދަރުމަ ލިބިއްޖެ މީހަކު ސަލާމަތް ވެގެންވާކަމަށް ޤުރުއާނާއި ހަދީސްތަކުން އެނގެންއެބައޮތެވެ. އަދި ދީނީ ޢިލްމުވެރިންގެ ދަރުސްތަކުންވެސް މިކަން އެނގި ހާމަވެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ.! މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއި ބައްދަލުވުމަށް ކުރާ ފުރަތަމަ މަސައްކަތަކީ ރަމަމާން މަހާއި ބައްދަލުކުރައްވަވައި ދެއްވެވުން އެދި ވީހާވެސް ގިނައިން ދުޢާކުރުން ކަމުގައި ހަދާށެވެ!

ރަމަޟާން މަހަކީ ކޮންމެ މުސްލިމަކަށްވެސް ލިބޭނެ އަގު ބޮޑު ރަނުގެ ޚަޒާނާއެކެވެ. ހީވެސް ނުކުރެވޭހައި ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގަނެވެން އޮތް މާތް މައްސަރެކެވެ. ވީމާ ރަމަމާން މަހާއި ބައްދަލުކުރުމަށް ވީހައި ބޮޑަށް ތައްޔާރުވަމުން ގެންދާށެވެ. މިއަދުން ފެށިގެންވެސް ވެސް ވީހައި ގިނަވަގުތު އަޅުކަމުގައި ހޭދަކުރަން މަސައްކަތްކޮށްގެންނެވެ.

އަޅަމެންގެ ދުޢާ އަކީ މިއަހަރުގެ ރަމަޟާންމަހާއި ބައްދަލުކުރުމުގެ ހެޔޮތައުފީޤު އަޅަމެން އެންމެހާ މުސްލިމުންނަށް މިންވަރުކުރެއްވުމެވެ. އަދި އެމައްސަރުން ޙާޞިލުކުރެވެން އޮތް ޘަވާބާއި ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމުގެ ހެޔޮތަޢުފީޤު ދެއްވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް