މަސްދޯންޏެއްގައި ރޯވެ، މީހަކު ފިހިއްޖެ

ގދ. މަޑަވެލީ ބޮއި ކައިރީ މަސް ބާނަން އުޅުނު ގއ. ދެއްވަދޫ "ކުރިމަގު" ނަމަކަށް ކިޔާ މަސްދޯންޏެއްގައި އަލިފާން ރޯވެ، ދޯނީގެ ފަޅުވެރިއެއް ފިހިގެން ފަރުވާދޭން ފަށައިފި އެވެ. އެ ސަރަހައްދުގައި އެވަގުތު މަސް...

27 Feb 2021 | 08:52

ގދ. މަޑަވެލީ ބޮއި ކައިރީ މަސް ބާނަން އުޅުނު ގއ. ދެއްވަދޫ "ކުރިމަގު" ނަމަކަށް ކިޔާ މަސްދޯންޏެއްގައި އަލިފާން ރޯވެ، ދޯނީގެ ފަޅުވެރިއެއް ފިހިގެން ފަރުވާދޭން ފަށައިފި އެވެ.

އެ ސަރަހައްދުގައި އެވަގުތު މަސްވެރިކަން ކުރަން އުޅުނު  ދޯނީތަކުގެ އެހީތެރިކަމާއި އެކު އަލިފާންގަނޑު ވަނީ މިހާރު ކޮންޓްރޯލްކޮށްފަ އެވެ.

މިހާދިސާގައި ބައެއް މީހުންނަށް އަނިޔާވި ކަމުގެ މަޢުލޫމާތު ލިބެއެވެ. އަދި ހާދިސާގައި އެކަކު އަތާއި ފައި ފިހިގެން އެ މީހާ އަށް ފަރުވާދޭން ގދ. ތިނަދޫ އަށް މިހާރު ގެންދިޔުމުގެ މަަސައްކަތް ދަނީ ކުރަމުންނެވެ.

މަސްވެރިން އެމްވީގައި ބުނެފައިވާ ގޮތުގައި އެސަރަހައްދުގައި އޮތް މަސްދޯންޏަކުން ބުނެފައި ވަނީ، މި ހާދިސާ ހިނގީ ޕެޓްރޯލް ޕަމްޕަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ކަމަށް ލަފާ ކުރެވޭ ކަމަށާއި އަލިފާން ހިފިތާ މާ ގިނައިރެއް ނުވަނީސް އެސަރަހައްދުގައި އުޅުނު އެހެން ދޯނިތަކުގެ އެހީގައި އަލިފާންގަނޑު ނިއްވާލެވުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް