ޕްރިޔަންކާގެ "ނޯ މޭކަޕް ސެލްފީ" ދެކުނިންތަ

ޕްރިޔަންކާގެ ނޯ މޭކަޕް ސެލްފީއަށް އެނާގެ ފޭނުންގެ ފަރާތުން ތަޢުރީފުތަށް އޮހެމުން އެބަދެއެވެ. އެގޮތުން ދިރިއުޅުމުގެ އެކި ކަންތައްތައް ސޯޝަލް މީޑިއާގައި ފޭނުންނާ ހިއްސާކުރަމުން އަންނަ ޕްރިޔަންކާ މިފަހަރ...

27 Feb 2021 | 08:02

ޕްރިޔަންކާގެ ނޯ މޭކަޕް ސެލްފީއަށް އެނާގެ ފޭނުންގެ ފަރާތުން ތަޢުރީފުތަށް އޮހެމުން އެބަދެއެވެ.

އެގޮތުން ދިރިއުޅުމުގެ އެކި ކަންތައްތައް ސޯޝަލް މީޑިއާގައި ފޭނުންނާ ހިއްސާކުރަމުން އަންނަ ޕްރިޔަންކާ މިފަހަރު ހިއްސާ ކޮށްފައި މިވަނީ ހެނދުނު އިރުގެ ދޯދިތަށް އެނާގެ މޫނަށް އެޅޭނެހެން ނަގާފައިވާ ފޮޓޮއެކެވެ.

ފޮޓޯގައި ފެނިގެންދަނީ ޕްރިޔަންކާ ލޮ މަރައިގެން އިންނަ މަންޒަރެވެ. އަދި ބުނެވެ ގޮތުގައި މިއި ނޯ މޭކަޕް ސެލްފީއެކެވެ. އޭގެ އިތުރުންވެސް ލަންޑަންގައި ނަގާފައިވާ މި ފޮޓޯގައި ޕްރިޔަންކަގެ ކައިރީގައި އޭނާ ޕެޓްއެއްގެ ގޮތުގައި ގެންގުޅޭ ކުއްތާވެސް ރީތިކޮށް އޮށޯވެލާ އޮންނަ މަންޒަރު ފެނިގެން ދެއެވެ.

ޕްރިޔަންކާ އަދި ނިކްގެ ދެމަފިރިންނަކީ ފޭނުންގެ މަޤުބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ ދެމަފިރިންނެވެ. ޕްރިޔަންކާ ނޯ މޭކަޕް ސެލްފީ ދައްކާލާފައި ވާއިރު ކުރިންވެސް އޭނާ ވަނީ ކުޑައިރު ދޮންވާންވެގެން އުޅެވުނީތީ އެކަމާ މިހާރު ހިތާމަ ކުރާކަމަށާއި އަދި ދޮންވާ އެކިއެކި ކްރީމްތަކުގެ އިޝްތިހާރު ކުޅެވުނީތީވެސް އެކަމާ ހިތާމަކުރާ ކަމަށް ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް