މުޢުމިނުންގެ އެންމެ ވަރުގަދަ އެއް ޚަތިޔާރަކީ ދުޢާ ކަމުގައިވާއިރު ޞާލިޙު ދަރިން ދެއްވުމަށް އެދިވެސް ދުޢާ ކުރުމަށް ކީރިތި ޤުރުޢާނުގައި އަހަރެމެންނަށް އިރުޝާދު ދެއްވައެވެ.
އެގޮތުން ކީރިތި ޤުރުޢާނުގައި މާތް الله ވަހީ ކުރައްވާ އަންގަވާފައިވެއެވެ.
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ) (سورة غافر 60)
މާނައީ: ”އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ."
މީގެ އިތުރުންވެސް ތިރީގައިވާ ދުޢާ ތަކަކީ ދަރިން ދެއްވުމަށް އެދި ކުރަން ކީރިތި ޤުރުޢާނުން ހޮވާލެވިފައިވާ މަތިވެރި ދުޢާ ތަކެކެވެ.
(رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ) سورة الفرقان 74
މާނައީ: “ އަޅަމެންގެ ވެރިއިލާހެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!“
(رَبِّ هَبْ لِي مِنَ الصَّالِحِينَ) سورة الصافات 100
މާނައީ: ”އަޅުގެ ވެރި އިލާހެވެ! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!“
( رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖإِنَّكَ سَمِيعُ الدُّعَاءِ ) سورة آل عمران 38
މާނައީ: ”އަޅުގެ ވެރިއިލާވެ! އިބަރަސްކަލާނގެ ޙަޟްރަތުން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ.“
(رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ) سورة الأنبياء 89
މާނައީ: ”އަޅުގެ ވެރިއިލާވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބައިލާހީ، އެންމެ ހެޔޮގޮތުގައި ވާރުތަކުރައްވާ އިލާހެވެ.“
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް