ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ފުރުސަތު އޮންނާނެ: އިމްރާން

ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށާއި، އެ މަގަށް އެންމެ ފަހިވާނެހެން މި ސަރުކާރުން ފުރުސަތު ދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ  ވިދާޅުވެއްޖެއެވެ. އިމްރާ...

27 Feb 2021 | 04:49

ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށާއި، އެ މަގަށް އެންމެ ފަހިވާނެހެން މި ސަރުކާރުން ފުރުސަތު ދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ  ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދަ ޓްވީޓެއް ކޮށްފައި މި ވަނީ، ފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވަމުން އަންނަ މުޒާހަރާތަކާއި އެއްވުންތަކަށް ފުލުހުން ފުރުސަތު ނުދޭ ކަމަށް ވިދާޅުވެ، އިދިކޮޅު ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

އިއްޔެ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާލޭގައި ބޭއްވުމަށް ރާއްވާފައިވާ އެއްވުން ހުއްޓުވުމަށް އެ އެއްވުމުގެ ބައެއް މީހުން ހައްޔަރުކޮށްފައި ވެއެވެ.

އެގޮތުން، އިދިކޮޅު ކޯލިޝަނުން އިއްޔެ މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއިން ކޯލިޝަންގެ ރައީސް އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް ގައްސާން މައުމޫން އާއި އެކު އެތައް ބަޔަކު ހައްޔަރު ކޮށްފި އެވެ.

އިއްޔެގެ މުޒާހަރާއިން 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އަދި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ކުރިއަށް ގެންދަން މަސައްކަތްކުރާ އެއްވުމެއް ބޭއްވިޔަ ނުދިނުމުގެ ބޭނުމުގަަ އެވެ.

ފުލުހުން ވަނީ އިއްޔެ އިދިކޮޅުން ކުރަން ރާވާފައިވާ މުޒާހަރާއަކީ ގާނޫނާއި ހިލާފު މުޒާހާރާއެއް ކަމަށް ބުނެފައި އެވެ. އަދި އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް އެއްވުންތައް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ނުދެނޭ ކަމަށެވެ.

އިދިކޮޅުން އިއްޔެ މުޒާހަރާ ކޮށްފައިވަނީ “މަގޭ ފްލެޓު ކޮބާ” ގެ ނަމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް