ހުޅުމާލޭގައި ހަދާ ނުނިމި ހުރި އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭގައި ހަދާ ނުނިމި ހުރި އިމާރާތްތެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މަރުވެފައި އޮއްވައި ފެނިފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީ އާރްސީސީ ކޮމްޕެނީން ހަދަމުންދިޔަ އިމާރާތެއްގެ ސެ...

27 Feb 2021 | 04:27

ހުޅުމާލޭގައި ހަދާ ނުނިމި ހުރި އިމާރާތްތެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މަރުވެފައި އޮއްވައި ފެނިފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީ އާރްސީސީ ކޮމްޕެނީން ހަދަމުންދިޔަ އިމާރާތެއްގެ ސެކިއުރިޓީ ބަލަހައްޓަން އިން ބަންގްލަދޭޝް ރައްޔިތެކެވެ.

މަރުވެފައި އޮތް މީހާ ފެނުނު ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މަރުވި މީހާގެ ހަށިގަނޑު މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައި ވަނީ، ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމތު ލިބުނީ މިއަދު07:31 ހާއިރު ކަމަށެވެ. އަދި މަރުވެފައި ވަނީ އުމުރުން40 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށާއި، މި މައްސަލައާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް