"ޑިސްކަވާ އެމްޓީސީސީ" ގައި އެމްއެންޔޫގެ އިންޖިނިއަރިން ދަރިވަރުން މާފުއްޓަށް!

އެމްޓީސީސީން ކ. މާފުށީގައިގައި ކުރިޔަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫގެ މަސައްކަތް ކުރިޔަށް ދާގޮތް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮ...

27 Feb 2020 | 18:47

އެމްޓީސީސީން ކ. މާފުށީގައިގައި ކުރިޔަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫގެ މަސައްކަތް ކުރިޔަށް ދާގޮތް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ، އިންޖިނިއަރިން ޑިޕާރޓްމަންޓުގެ ދަރިވަރުންނަށް ދައްކާލައިފި އެވެ.

އެމްޓީސީސީން ބުނީ ޔުނިވާސިޓީގެ ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދިނީ އެ ކުންފުނިން އަލަށް ފަށާފައިވާ "ޑިސްކަވާ އެމްޓީސީސީ" ޕްރޮގްރާމްގެ ދަށުން ކަމަށެވެ. މި ދަތުރުގައި އިންޖިނިއަރިން ކިޔަވަމުންދާ25 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

އެމްޓީސީން ބުނީ މި ދަތުރުގައި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ދާގޮތްް ދައްކާލުމުގެ އިތުރުން މަސައްކަތުގެ މައުލޫމާތު ދަރިވަރުންނަށް ދީފައިވާނެ ކަމަށެވެ.

މިފަދަ ޕްރޮގްރާމްތައް ރޭވުމުގެ މަގުސަދަކީ މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ މައުލޫމާތު މުއްސަނދިކޮށް، އެ މައުލޫމާތު ވީހާވެސް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމެވެ. އަދި ދަރިވަރުން ތަޢުލީމު ހާސިލްކުރާ ދާއިރާތަކާ ގުޅުންހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތުވެސް މިޕްރޮގްރާމް ގެދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މާފުށ ބިން ހިއްކުމުގެ މަޝްރޫއު ނިމޭއިރު 25 ހެކްޓަރުގެ ބިން ހިއްކާ 1110 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ އެވެ. މިއީ ދައުލަތުގެ ބަޖެޓުން 99،981،373.00 ރުފިޔާ ހޭދަކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

މި މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ225 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މާފުށީ ބިން ހިއްކާ ނިންމުމަށް ފަހު ރަށާ ގުޅާލުމަށް ހަމަޖެހިފައިވަނީ ބްރިޖަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް