ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމް ކޮށްގެން ބާއްވާ ކޮކާ ކޯލާ ލޯންގް ރަން އަންނަ އޭޕްރިލް މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިއަހަރު ޓީއެފްޖީން ތަފާތުު ހަ ދުވުމެއް ބާއްވާނެ އެވެ. އޭގެ ތެރެއިން ލޯންގް ރަން އޮންނަ ތާރީހު އިއުލާނު ކުރީ ޓީއެފްޖީން ބާއްވާ ހުރިހާ ދުވުމެއްގެ ޓައިޓަލް ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިއަހަރު އެންމެ އަވަހަށް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ ކެއާ ސޮސައިޓީ އާއި ގުޅިގެން އަންހެނުންނަށް ހާއްސަކޮށްގެން "ރަން އިން ރަން" ގެ ނަމުގައި ބާއްވާ ދުވުމެކެވެ. މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. މި ދުވުމުގެ ޓައިޓްލް ސްޕޮންސަރަކީ އެސްޓީއޯ އެވެ.
ޓީއެފްޖީން މިއަހަރު ބާއްވާ ހުރިހާ ދުވުމެއްގެ މެއިން ސްޕޮންސަރަކީ ކޮލާ ކޯލާއެވެ. ހުރިހާ ދުވުމެއްގެ އެސޯސިއޭޓެޑް ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ސޮނީ ސްޕޯޓްސް އަދި ސީގަލްގެ އިތުރުން ޕްރިންޓް ލެބް އެވެ.
ޓީއެފްޖީން ބާއްވާ އެންމެ މަގުބޫލު “ރަން އިން ލާމު“ ގެ ޓައިޓްލް ސްޕޮންސަރަކީ ފިނޯ ޕްރައިވެޓް ލިމިޓެޑްގެ ފްރެސްޗިލީ އެވެ. “ބޮޑު ހާފް 2020”ގެ ޓައިޓްލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ހެޕީ މާކެޓުގެ ބެގާ އެވެ.
ލޯންގް ރަން ބާއްވާ ތާރީހު އިއުލާނު ކުރުމަށް ފަހު ޓިއެފްޖީން ވަނީ އެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. އެގޮތުން އެ ދުވުމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަމަހުގެ20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ޓީއެފްޖީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް