ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ދޭން ފަށައިފިއެވެ.
ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޙިދުމަތް ރަސްމީކޮށް މިރޭ ތަޢާރަފް ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީންއެވެ.
ނ. މަނަދޫއަކީ ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މިއަތޮޅުގައި 15000 މީހުން ދިރިއުޅެއެވެ.
ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށިގެން ދިއުމާއެކު، މިޚިދުމަތް ހޯދުމަށް ނ. މަނަދޫގެ އިތުރުން ނ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އަންނާނެއެވެ.
ދަތާއި އަނގައިގެ ބަލިތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކަކަށް ވީހިނދު ނ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ގާއިމު ކުރެވިގެންމިދާ ޚިދުމަތަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިންމު ޚިދުމަތެއްކަމުގައި ހެލްތު މިނިސްޓްރީން ފާހަގަ ކުރެއެވެ.
އެހެންކަމުން، ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ތަޢާރަފް ކުރުމުގެ ސަބަބުން ނ. މަނަދޫގެ ރައްޔިތުންނާއި އަދި މިސަރަހައްދުގެ އެހެން ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި މީގެއިތުރުން މަނަދޫގައި ދަތުގެ ފަރުވާގެ ޚިދުމަތް ތަޢާރަފުވެގެން ދިއުމަކީ ނ. އަތޮޅުގައި ހުރި ރިސޯޓްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމުގައިވެސް ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް