ޓްރީ ޓޮޕަށް ދެ އަހަރު: ހާއްސަ އަގުތަކާއެކު ހެލްތު ކެއަރ ޕެކޭޖުތަކެއް ތައާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން ޙާއްސަ އަގުތަކާއެކު ހެލްތު ކެއަރ ޕެކޭޖުތަކެއް ތައާރަފް ކޮށްފިއެވެ. މިޕެކޭޖްތަށް އާންމުންނަށް ހުޅުވާލެވިފައިވަނީ މާރިޗު 1ން 31ވަނަ ދުވަހުގެ ނިޔަލަށެ...

27 Feb 2020 | 16:59

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން ޙާއްސަ އަގުތަކާއެކު ހެލްތު ކެއަރ ޕެކޭޖުތަކެއް ތައާރަފް ކޮށްފިއެވެ.

މިޕެކޭޖްތަށް އާންމުންނަށް ހުޅުވާލެވިފައިވަނީ މާރިޗު 1ން 31ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ކޮލިޓީ، ބައިނަލްއަގްވާމީ ފެންވަރަށް ސިއްހީ ޙިދުމަތް ދިވެހި ރާއްޖޭގައި ގާއިމްކޮށް ކުރިއެރުވުމަށް އަމާޒުކޮށް، ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވިފައިވަނީ 1 މާރިޗު 2018 ގައެވެ. 20 ސްޕެޝިއަލްޓީގެ ޙިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލް ޙިދުމަތްދެމުން ގެންދަވަނީ ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ފަސޭހަކަމާއެކު ތަޖުރިބާކާރު ޑޮކްޓަރުންގެ ޙިދުމަތް ޒަމާނީ ވަސީލަތްތަކާއިއެކު ރާއްޖެއިން އެންމެހާ ބޭފުޅުންނަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ދެއަހަރު ފުރޭއިރު، ފާހަގަކޮށްލެވޭ އައު ޙިދުމަތްތަކުގެ ތެރޭގައި، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސާރޖަރީ، ރޫމަޓޮލޮޖީ (ރާއްޖެބައްޔާއި ބެހޭ)، އަދި އެމްބާމްކުރުމުގެ ޙިދުމަތް ހިމެނެއެވެ.

އެޕޮއިންޓްމަންޓް ހެއްދެވުމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ 24 ގަޑިއިރު ހިދުމަތް ލިބިވަޑައިގަންނަވާ ކޮންޓެކްޓް ސެންޓަރުގެ ނަމްބަރު 3351610 އަށް ނުވަތަ[email protected] އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް