މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އުމްރާ އަށް މީހުން އައުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ އަރަބިއްޔާ އިން ވަގުތީ ގޮތުން މަނާކޮށްފައިވާތީ ހައްޖު ކޯޕަރޭޝަނުގެ މާޗު މަހުގެ އުމްރާ ކެންސަލް ކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނުގެ އިއުލާނުގައި ބުނީ މެދު އިރުމަތީގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންދާތީ، އެކަމުގެ ސަބަބުން ފެތުރިދާނެ ސިއްހީ ބޮޑު ބަލިމަޑުކަމަކުން ސަލާމަތްވުމަށް ސައުދީ ސަރުކާރުން އެގައުމަށް ދަތުރުކުރުން ވަގުތީގޮތުން މަނާކޮށްފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނީ މިއީ ސިއްހީ އިދާރާތަކާޢ ިދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފާގެ މަތިން ސައުދީ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން، ބަލި ފެތުރޭ ގައުމުތަކުން ޓޫރިސްޓު ވިސާގައި މީހުން އެތެރެވުން ވެސް ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށް ވެސް ސައުދީ އަރަބިއްޔާއިން ބުންޏެވެ. އަދި މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރުން ވެސް ވަނީ މިހާރު މަނާކޮށްފަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މާޗު އުމްރާ ކެންސަލް ވުމާ ގުޅިގެން މާދަމާ ބޭއްވުމަށް ނިންމާފައިވާ ތަމްރީން ބައްދަލުވުންވެސް ކެންސަލް ކުރެވިފައިވާ ކަމަށެވެ.
މާޗު އުމްރާ ކެންސަލް ވުމާ ގުޅިގެން އުމްރާ ވެރިން އަމަލު ކުރަންވީގޮތް އަންގާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް