ލިޓަސްގެ ފަރާތުން ކަރެކްޝަންސަށް ހެލްމެޓު ހަދިޔާކޮށްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޓޮމޮބައިލްސް ވިއްކަމުން އަންނަ ލިޓަސް އޮޓޮމޮބައިލްސް އިން މޯލްޑިވްސް ކަރެކްޝަންސް ސާވިސް އަށް ހެލްމެޓް ހަދިޔާކޮށްފިއެވެ. މި މަހު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއް...

27 Feb 2020 | 11:22

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޓޮމޮބައިލްސް ވިއްކަމުން އަންނަ ލިޓަސް އޮޓޮމޮބައިލްސް އިން މޯލްޑިވްސް ކަރެކްޝަންސް ސާވިސް އަށް ހެލްމެޓް ހަދިޔާކޮށްފިއެވެ.

މި މަހު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ލިޓަސްގެ ފަރާތުން ކަރެކްޝަންސްގެ މުވައްޒަފުންނަށް ހެލްމެޓު ހަދިޔާކޮށްފައިވާއިރު ދުވަހަށް މައުލޫމާތުދެއްވަމުން ލިޓަސްގެ ސީނިއަރ މާކެޓިން މެނޭޖަރ އާސިފް ރަޝީދު ވިދާޅުވީ ކަރެކްޝަންސްގެ މުވައްޒަފުންނަށް ލިޓަސްއިން ހެލްމެޓު ހަދިޔާކޮށްފައިވަނީ އެ މުއައްސަސާގެ މުވައްޒަފުން ގައުމަށް ކޮށްދެމުން އަންނަ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

މީގެ ކުރިން ލިޓަސްއިން ވަނީ ދިވެހި ފުލުހުންނަށްވެސް ހެލްމެޓު ހަދިޔާކޮށްފައެވެ. އާންމުންނަށް ހިލޭ ހެލްމެޓު ބަހާފައިވެސްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް