ގައުމީ އެއާލައިން މޯލްޑިވިއަން އިން މާލެ އާއި އިންޑިއާގެ ކޮޗިން އާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ މިހާރު އޮންލައިން ކޮށާއި އެޖެންޓުން އަދި މޯލްޑިވިއަންގެ ޓިކެޓު އޮފީހުން ކޮޗިން މާލޭ ދަތުރުގެ ޓިކެޓު ގަނެވޭނެ ކަމަށެވެ. މި ދަތުރުގެ ދެކޮޅު ޓިކެޓުގެ އަގަކީ151 ޑޮލަރެވެ.
ކޮޗިން އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ދާ ސިޓީ އެކެވެ.
މިހާރު މޯލްޑިވިއަންއިން ކޮޗިން އާއި ދޭތެރޭ ސީދާ ދަތުރުތައް ކުރަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ އެއާޕޯޓުން ކޮޗިންއަށް ހަފްތާއަކު ތިން ދަތުރު ކުރެ އެވެ.
މޯލްޑިވިއަން އިން މިހާރު ދަތުރު ކުރަނީ އިންޑިއާގެ ކޮޗިންގެ އިތުރުން ޗެންނާއީ އަށެވެ. އެ އެއާލައިން ބުނެފައިވަނީ އިންޑިއާގެ އެހެން ސިޓީތަކަށް ސީދާ ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް