ރާއްޖެއިން މިއަދު އުމްރާގެ އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާ މީހުންނަށް އެއްވެސް ހުރަހެއް ނެތް ކަމަށް ސައުދީ އެއާލައިނުން ބުނެފި އެވެ.
ސައުދީ އެއާލައިނާ ހަވާލާދީ މިއަދު އުމްރާއަށް މީހުން ގެންދިއުމަށް ހަމަޖައްސާފައިވާ ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ ފަރާތުން މީޑިއާގައި ބުނެފައިވަނީ އެ ޖަމާއަތުގެ ހަވާލުގައި މިއަދު އުމްރާއަށް ފުރާ މީހުންނަށް އެއްވެސް ދަތިކަމެއް ނެތި ދެވޭނެ ކަމަށެވެ.
އެ ޖަމާއަތުގެ ހަވާލުގައި މިއަދު ހަވީރު49 ދިވެހިން އުމްރާއަށް ފުރުމަށް ހަމަޖެހިފަވެ އެވެ.
އެ ޖަމާއަތުން ބުނީ އެމީހުންގެ އެޑްވާންސް ޓީމުވެސް މިހާރު ތިބީ ސައުދީގައި ކަމަށެވެ.
އުމްރާއަށް ދިއުމުގައި ކަންބޮޑުވުން އުފެދިފައި މިވަނީ މިއަދުން ފެށިގެން އުމްރާ އަށާއި ބައެއް ގައުމުތަކުން ސައުދީ އަރަބިއްޔާއަށް މީހުން ދިއުން މަނާ ކުރުމުންނެވެ. މިގޮތަށް ނިންމީ ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން ސައުދީގައި އެޅި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެފަދަ އެންގުމެއް މިހާތަނަށް އެ މިނިސްޓްރީއަށް ސައުދީ ސަރުކާރުން އަންގާފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް