ކަނޑުހުޅުދޫ ކުއްޖާގެ މައިންބަފައިންނަށް ދައުވާކޮށްފި

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކު ބައްޕަ ފަރާތު ކާފަ އާއި މުނިކާފަ ރޭޕް ކުރި މައްސަލައިގަ އިހުމާލުވި ކަމުގެ ދައުވާ އެ ކުއްޖާގެ މައިންބަފައިންނަށް އުފުލައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގ...

27 Feb 2020 | 10:35

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކު ބައްޕަ ފަރާތު ކާފަ އާއި މުނިކާފަ ރޭޕް ކުރި މައްސަލައިގަ އިހުމާލުވި ކަމުގެ ދައުވާ އެ ކުއްޖާގެ މައިންބަފައިންނަށް އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ މައްސަލައިގަ އެ ކުއްޖާގެ މައިންބަފައިންގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާ ކަމަށެވެ. މި ދެ ދައުވާ އެ ދެމީހުންގެ މައްޗަށް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ކުއްޖަކަށް ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުމުގެ ދައުވާ އެވެ. އަނެއް ދައުވާ އަކީ މަންމައަކަށް ނުވަތަ ބައްޕައަކަށް ވެ ހުރެ ގާނޫނުލްއުގޫބާތުގެ 414 ވަނަ މާއްދާގެ 130 ވަނަ ބާބުގައި އޮތް ކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ދައުވާ އެވެ.

މި މައްސަލައިގަ އެ ރަށުގެ ނަން ފިޔަވާ ދައުވާ ކުރާ މީހުންގެ ވަނަވަރު ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ.

https://twitter.com/PGO_MV/status/1232952081905905665

އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކާފަ އާއި މުނިކާފަގެ މައްޗަށްވެސް ވަނީ ދައުވާ ކޮށްފައި އެވެ. މި މައްސަލައިގަ ކުއްޖާގެ ބައްޕަވެސް ހައްޔަރު ކުރި އެވެ. އެކަމަކު ފަހުން ވަނީ ދޫކޮށްލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް