މި ސަރުކާރުންވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް: ސޭވް މޯލްޑިވްސް

ރާއްޖޭގައި މަޝްރޫއު ތަކާއި މަސައްކަތްތައް ކުރަމުން ގެންދަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ ސޭވް މޯލްޑިވްސް ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޖަމިއްޔާން ނެރުނު ބަޔާނެއްގައި ބު...

27 Feb 2020 | 10:21

ރާއްޖޭގައި މަޝްރޫއު ތަކާއި މަސައްކަތްތައް ކުރަމުން ގެންދަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ ސޭވް މޯލްޑިވްސް ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޖަމިއްޔާން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމްރާނީ ތަރައްގީ އަށްޓަކައި ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ގޮތްގޮތަށް ކަންތައްތައް ކުރުމުގެ ސަޤާފަތް އަދިވެސް ދިވެހިންގެ ތެރެއިން ނުފިލައެވެ. ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއް ދީ ފައިވަނީ ރައީސް ޔާމީން ގެ ސަރުކާރުންކަމަށާއި އަދި އެ ސަރުކާރުން އުމަރާނީ ތަރައްގީއަށް މަސައްކާތް ތައް ކުރިއިރު އެއްވެސް ވަރަކަށް ތިމާވެއްޓަށް ބަލާފައި ނުވާ ކަމަށެވެ.

އަދި ހަމަ މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް ކަންތައް ކުރަމުން އަންނަނީ ހަމަ މިގޮތައް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެގޮތުން ކުރިންވެސް ހިންގަމުން އައި މަޝްރޫތައް ބަދަލު ކުރުމެއް ނެތި ހިންގަމުންދާ ކަމަށެވެ.

މި މަޝްރޫތައް ހިންގުމުގައި އީޕީއޭއިން ނިންމާ ނިންމުންތައް އެންވާރަމަންޓް މިނިސްޓަރު އޯވަރޫލްކުރުމުގެ ބާރު ބޭނުންކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެ ކެމްޕެއިންގެ ފަރާތުން ވަނީ ނ. މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތަށް އީޕީއޭއިން ހުއްދަ ނުދޭން ނިންމި ނިންމުން ކުރީގެ އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ދާދި ފަހުން ވަނީ ބަދަލު ކުރެއްވުމުން ނުރުހުންފާޅުކޮށްފައެވެ. އަދި ބުނީ މާފަރު މައްސަލައިގައި މިނިސްޓަރު ނިންމެވި ނިންމުމަކީ ރާއްޖޭގެ ބިންބިމާއި އަދި ތިމާވެއްޓާ ބެހޭ ގާނޫނުތަކާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި މީގެ ސަބަބުން ރަށުގެ އެއްގަމާއި ކަނޑުގެ ދިރޭތަކެއްޗަށް ނޭދެވޭ އަސަރުކޮށް، ތިމާވެއްޓަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެ ކެމްޕެއިން އިން ބުނީ އެ މަޝްރޫއުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ މާފަރުގެ ރައްޔިތުންނާއި އެ ރަށުގެ ވަށައިގެންވާ ތިމާވެއްޓަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް