ކުރީ ސަރުކާރުތަކުގެ ކޮރަޕްޝަން ބަލަން އުފެއްދި ކޮމިޝަނުން އާސް އިސްތިއުފާ ދެއްވައިފި

ކުރީ ދެ ސަރުކާރެއްގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން އާސް އަބްދުﷲ އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އެކަން ސޯޝަލް މީޑިއާގައި އިއުލާނު ކ...

27 Feb 2020 | 08:15

ކުރީ ދެ ސަރުކާރެއްގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން އާސް އަބްދުﷲ އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އެކަން ސޯޝަލް މީޑިއާގައި އިއުލާނު ކޮށްފައިވާ އިރު އިސްތިއުފާ ދެއްވި ސަބަބުން ހާމައެއް ނުކުރައްވަ އެވެ. އާސް ވިދާޅުވެފައިވަނީ އޭނާ އެ މަގާމަށް އައްޔަން ކުރައްވައި ދެއްވި ފުރުސަތަށް ރައީސަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ކޮމިޝަނަކީ ގާނޫނީ ގޮތުން ބޮޑެތި ބާރު ތަކެއް ދީފައިވާ ކޮމިޝަނެކެވެ.

އެ ކޮމިޝަނަށް ބަލަން ހަވާލުކޮށްފައިވަނީ2012 އިން2028 ގެ ނިޔަލަށް ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަން ބެލުމަށެވެ. އެ މިއްދަތުގައި ވެރކަން ކުރައްވާފައިވަނީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަބްދުﷲ ޔާމީން އެވެ.

އެކަމަކު އުންމދު ކުރި ވަރުގެ އަވަސް މިނެއްގައި ކޮރަޕްޝަންގެ މައްސަލަތައް ބަލަމުންނުދާ ކަމަށް ބުނެ އާންމުން ޝަކުވާ ކުރެ އެވެ. މިހާތަނަށް އެ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ރައީސަށް ފޮނުވާފައިވާނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭގޮތުން ހެދި ރިޕޯޓެއް އެކަންޏެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތަފްސީލް ހާމައެއްވެސް ނުކުރެ އެވެ.

އާސް އިސްތިއުފާ ދެއްވުމުން އެ ކޮމިޝަންގައި މިހާރު ތިއްބަވާނީ ރައީސް އަހްމަދު އަސްއަދާއި ނަދީމް އިބްރާހީމާއި އައިމިނަތު ހަސަންގެ އިތުރުން ފާތުމަތު ސަރީރާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް