އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްފި އެވެ. އުރީދޫއިން ބުނީ އެ މުއްދަތު މިމަހުގެ 29 ވަނަ ދުވަހާއި ހަމައަށް އ...

27 Feb 2020 | 07:22

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްފި އެވެ.

އުރީދޫއިން ބުނީ އެ މުއްދަތު މިމަހުގެ 29 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެެ.

ޖަލްސާގައި ބައިވެރިވުމަށް ޝަރިތުހަމަވާ ހިއްސާދާރުން "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުމަށް އުރީދޫއިން ވަނީ އެދިފައެވެ. އަދި ހަމަ އެހެންމެ ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު،އުރީދުގެ ހެޑް އޮފީހުން އަދި އުރީދޫގެ ވެބްސައިޓްއިން ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.

ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ އޮންނާނީ މާރޗް 2 ވަނަ ދުވަހުގެ ރޭ ގައެވެ.

މި ޖަލްސާގެ ތެރެއިން ހިއްސާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށައަޅާފައި ހުށައެޅުމައި މެދު ގޮތެއް ނިނަމުމުގެ އިތުރުން ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، އިވެލުއޭޓްކުރުމަށްފަހު، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާ ފަރާތްތަކަށް ވޯޓަށް އެހުންވެސް އޮންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް