ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމަށް އިލްތިމާސްކޮށްފި

މުހިއްމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ. ކޮވިޑް 19 އާއި ގުޅިގެން ރޭ ރައިސް އޮފީހުގައި ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑ...

27 Feb 2020 | 07:12

މުހިއްމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން ރޭ ރައިސް އޮފީހުގައި ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން މިހާރު ދުނިޔެއަށް އޮތް މިންވަރަށް ބަލާއިރު އަމިއްލައަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ގިނައިން ބަލި މީހުން ގޮސް ހަދާނެތީ ހޮސްޕިޓަލްތަކަށް ބޭނުމެއް ނުތި ނުވަތަ ބަލި މީހުންނަށް ގޮވާލަށް ދިއުން ހުއްޓާލުމަށް އިލްތިމާސް ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ކެއްސާއިރު ޓިޝޫ އެއް އެއްޗެއް ނެތް ނަމަ އަތްތިލަ އަށާއި މީހުންނާ ދިމާލަށް ނުކެއްސާ، އެއްފަރާތަކަށް އެކަހެރި ވުމަށްފަހު އަތުގެ އުޅަނބޮށްޓާއި ދިމާއަށް ވާގޮތަށް ކެއްސުން އެއީ ރަނގަޅު ގޮތް ކަމަށެވެ.

"މިބައްޔަށް ބޭހެއް ލިބިފައެއް ނެތް. ވެކްސިނެއް ވެސް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުން. އެހެންކަމުން މިހާރު އަޅުގަނޑުމެންނަށް އަމިއްލައަށް ކުރެވެން ހުރި ކަންކަން ކުރުން ވަރަށް މުހިއްމު. އޭގެ ތެރޭގައި ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިގެން ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމާއި، ގިނައިން އަތް ދޮވުމާއި، ކެއްސާއިރު ޓިޝޫއެއް ބޭނުން ކުރުން ފަދަ އާދައިގެ ކަންކަން ކުރެވިދާނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރު ގައުމަކުން އެނބުރި ރާއްޖެ އަންނަތާ 14 ދުވަސް ތެރޭ ބަލިވެއްޖެނަމަ ގެއިން ނުނުކުތުމަށް ވެސް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މީގެ އިތުރުން ހޮސްޕިޓަލް ވަދެ ނުކުމެ އުޅޭއިރު މާސްކް ބޭނުން ކުރުމަށް ވެސް އިރުޝާދު ދެއްވިއެވެ.

ކޮވިޑާ 19 އިން ރައްކާތެރިވުމަށްޓަކައި ފަރުދީ ޒިންމާ ވަރަށް މުހިއްމު ކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް