ލާދީނީ ވޯކްޝޮޕްތަކެެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ސަރުކާރުގެ ރަސްމީ އެއްވެސް ހުއްދައަކާ ނުލައި ބޭއްވި މައްސަލައިގަ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ފާޑު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފަށް ވޯކްޝޮޕުތަކެއް ބޭއްވި ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލައިގަ ޑރ. އިޔާޒު ވިދާޅުވީ އަތޮޅު ތެރޭ ރަށްރަށަށް ގޮސް ދީނީ ދަރުސް ދިނުމަށް އިލްމުވެރިން އެތައް ހުއްދައެއް ނަގަން ޖެހޭ ކަމަށެވެ. އެކަމަކު ދީނާ ހިލާފު ވޯކްޝޮޕްތައް ބާއްވަން ވީމަ އެއްވެސް އިދާރާއަކުން ހުއްދަ ހޯދަން ނުޖެހި އެފަދަ ވޯކްޝޮޕްތައް ބޭއްވޭ ކަމަށެވެ.
އޭނާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކުން މިފަދަ މައްސަލަތައް ސީރިއަސްކޮށް ނަގަން ޖެހޭ ކަމަށެވެ.
https://twitter.com/dr_iyaz/status/1232634128186494977
އަތޮޅު ތެރޭގައި ދީނީ ނަސޭހަތް ދިނުމަށް ރާއްޖޭގެ އިމްވެރިންނަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފަ އެވެ. ސިޔާސީ ފިއްތުންތަކާއި ހެދި އެއިރެއްގައި އޮންނަ ސަރުކާރަކުން ދަރުސް ބާއްވާން ދައުލަތުގެ އިދާރާއެއް ބޭނުން ކުރަން ހުުއްދަ ނުދިނުމާއި ވަކި އިލްމުވެރިންތަކެއް ނަސޭހަތް ދިމަށް ހުރަސް އަޅަ އެވެ.
މިއީ އަބަދުވެސް އިލްމުވެރިން ކުރާ ޝަކުވާއެކެވެ. މިފަދަ މައްސަލަތަކާއި ހެދި މިހާރު ދީނީ އިލްމުވެރިން އަތޮޅު ތެރެއަށް ކުރާ ދަތުރުތައް ވަރަށް މަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް