މާދަމާ އޮންނަ އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށްފަހު ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ރައީސް ސޯލިހް ރައީސް ނަޝީދުގެ ޓީމަށް އެދިލައްވައިފިއެވެ.
ރައީސް ސޯލިހް މިކަމަށް އެދިލެއްވީ ކެމްޕޭނު ނިންމުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި މަސައްކަތް ނިމުމާއެކީގާ މާޒީ އެކަހެރިކޮށް ވޭތުވެދިޔަ ތަން ބާއްވާފާ އެކީގަ މަސައްކަތް ކުރަން ނިކުތުމަށް އެދިލައްވާ ކަމަށާއި އެކީ އެކައްޗެއްގެ ގޮތުގައި މަސައްކަތް ކުރެވިއްޖެ ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފަސޭހަކަމާއެކުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެކަމަށެވެ.
ކެމްޕޭނުގައި ތިން ހަފްތާގެ ތެރޭގައި ގިނަ އަދި ބުރަ މަސައްކަތްތަކެއްވެސް ކުރެވިއްޖެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސާފު ނަތީޖާއެއް އަތުގައި އެބަ އޮތް ކަމަށާއި ދެން ކޮށްލަން ޖެހެނީ ކުޑަ މަސައްކަތެއް ކަމަށެވެ. އެއީ މާދަމާ ނިކުމެ ވޯޓުތައް އަޅާލުން ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް