އެލައިޑް "ވައިޓް ބޯޑް" ކަލަންޑަރެއް ބޭނުންތަ؟ މިއޮތީ ސަޅި ފުރުސަތެއް !

30 ޖެނުއަރީ 2023 އަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާޢެއްގައި އިންޝުއަރަންސްގެ ހިދުމަތްދޭ އެލައިޑް އިންޝުއަރަންސްގެ 38 ވަނަ އަހަރީ ދުވަހެވެ. މިދިޔަ 38 އަހަރުގެ ތެރޭގައި އެލައިޑްގެ އަމާޒަކަށް ވެފައި ވަނީ ރ...

27 Jan 2023 | 11:13

30 ޖެނުއަރީ 2023 އަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާޢެއްގައި އިންޝުއަރަންސްގެ ހިދުމަތްދޭ އެލައިޑް އިންޝުއަރަންސްގެ 38 ވަނަ އަހަރީ ދުވަހެވެ. މިދިޔަ 38 އަހަރުގެ ތެރޭގައި އެލައިޑްގެ އަމާޒަކަށް ވެފައި ވަނީ ރާއްޖޭގައި ރައްޔިތުންނާއި ވިޔަފާރިތަކާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަމުގައި އެންމެ ގާތް އެހީތެރިޔަކަށް ވުމަށެވެ.

2023 ވަނަ އަހަރަކީ އެލައިޑަށް ވަރަށް ހާއްސަ އަހަރެކެވެ. މި އަހަރަށް ހާއްސަކޮށްގެން އެލައިޑުން އުފެއްދި ކަލަންޑަރުގެ ބޭނުންތެރިކަމާއި ފަސޭހަކަމާ ގުޅިގެން ތައުރީފު ވަރަށް ބޮޑެވެ. ފަންނުވެރިކަން އިސްކޮށް އޮފީހުގެ މަސައްކަތްތައް ރާވާލައި ހިންގާލުމަށް އެހީއެއް ފޯރުކޮށްދިނުމުގައި އެލައިޑުގެ "ވައިޓް ބޯޑު" ކަލަންޑަރެއް ހޯދުމަށް ގިނަ ފަރާތްތަކަކުން މަސައްކަތް ކުރަމުން ދެއެވެ. މި މަހު މިހާތަނަށް ކަލަންޑަރު ބެހުމުގެ ދެ ހަރަކާތެއް އެލައިޑުން ކުރިއަށް ގެންގޮސްފައި ވެސް ވެއެވެ.

އަނެއްކާ ވެސް މި އޮތީ އެފަދަ ފުރުސަތެކެވެ—އެލައިޑުގެ 2023 ވަނަ އަހަރުގެ "ވައިޓް ބޯޑު" ކަލަންޑަރެއް ބޭނުންތޯއެވެ؟

ވަރަށް ފަސޭހައިން ހޯދިދާނެއެވެ.

އެލައިޑްގެ 38 ވަނަ އަހަރީ ދުވަސް ކަމުގައިވާ 30 ޖެނުއަރީ 2023 ވަނަ ދުވަހު، އެލައިޑްގެ ފްރަންޓް އޮފީސް؛ ހ.އޯކިޑުން ޕޮލިސީއެއް ބައްލަވައިގަންނަވާ ފުރަތަމަ 38 ފަރާތަށް އެލައިޑްގެ ކަލަންޑަރެއް ލިބޭނެއެވެ. މި ކަލަންޑަރުގައި ހިމެނޭ ވައިޓްބޯޑަކީ އޮފީހުގައި (އަދި އެ ނޫން ތަންތަނުގައި ވެސް: މިސާލަކަށް ގޭގެ ބަދިގޭގައި ރެސިޕީ ލިޔުމަށް ވެސް) ނޯޓުކުރަންޖެހޭ މުހިންމު ކަންކަމާއި ޑެޑްލައިންސް ނޯޓުކުރެވޭނެ ޓޫލްއެކެވެ. ކަލަންޑަރާ އެއްކޮށް ލިބޭ މެގްނެޓްތައް ބޭނުންކޮށްގެން ޓާސްކް މެނޭޖު ވެސް ކޮށްލެވޭނެއެވެ. އަހަރު ނިމުނީމާ ވެސް މި ބޯޑު ބޭނުންކޮށްލެވޭނެއެވެ.

ދެން ވިސްނާލަމާ ހެއްޔެވެ. އިންޝުއަރަންސް ޕްލޭނެއް ގަތުމަކީ ކިހާ ވަރެއްގެ ކަމެއް ބާވައެވެ؟ އޭގެން ލިބޭނެ ފައިދާއަކީ ކޮބާހެއްޔެވެ؟

އިންޝުއަރަންސަކީ ތިމާގެ ނަފްސާއި ގެދޮރަށް، މުދަލަށް ނުވަތަ ވިޔަފާރިއަށް ކުރިމަތިވާ ކަމަކުން ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދޭނެ މަގެކެވެ. އަދި ފަހަށް ފައިސާ ރައްކާކުރުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންކަން ވެސް އިންޝުއަރަންސް ޕްލޭންތަކުގައި ހިމެނެއެވެ.

އިންޝުއަރަންސް ޕްލޭނެއް ބައްލަވައިގަތުމަކީ ވެސް ނުހަނު ފަސޭހަ ކަމެކެވެ—ވަރަށް ފަސޭހައިން ބައްލަވައިގަނެވޭ ޕްލޭންތައް ހުރެއެވެ.

މިސާލަކަށް ކޮންމެ އަހަރަކު ސައިކަލަށް ނަގަން ޖެހޭ ތާޑް ޕާޓީ އިންޝުއަރަންސަކީ އެލައިޑްގެ "މައި އެލައިޑް" ޕޯޓަލްއިން ވަރަށް ފަސޭހައިން ބައްލަވައިގަނެވިދާނެ ޕްލޭނެކެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް ފައިސާ ދައްކާލައިގެން ބައްލަވައިގަނެވިދާނެއެވެ. އެލައިޑްގެ އަހަރީ ދުވަހު ސައިކަލުގެ އިންޝުއަރަންސް އާކޮށްލައްވައިގެން މުޅި އަހަރު ދުވަހަށް ތާޑް ޕާޓީ އިންޝުއަރަންސްގެ ރައްކާތެރިކަމުގެ އިތުރުން އެލައިޑްގެ 2023 ވަނަ އަހަރުގެ ޗާލު ކަލަންޑަރު ވެސް ލިބިދާނެއެވެ.

މީގެ އިތުރުން، ގޭގައި ގެންގުޅޭ ފަރުނީޗަރާއި ބޮއްކާއި އެއާކޮންޑިޝަނާއި ބަދިގޭ ސާމާނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ "ހިޔާވަހި" ޕްލޭނެއް (ނުވަތަ ހިޔާ ފްލެޓުގައި ދިރިއުޅުއްވާ ފަރާތެއް ނަމަ "އަހަރެންގެ ހިޔާ" ޕްލޭނެއް) ވެސް ބައްލަވައިގަނެވިދާނެއެވެ. މިއީ ގޭގައި ގެންގުޅޭ ފަރުނީޗަރާއި މުދަލަށް، ކުޑަ އަގެއްގައި ވަރަށް ބޮޑު ރައްކާތެރިކަމެއް ހޯދޭނެ ގޮތެކެވެ. އަދި 30 ޖެނުއަރީގައި މި ޕްލޭން ވެސް ބައްލަވައިގަނެގެން އެލައިޑްގެ ކަލަންޑަރެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

https://twitter.com/alliedmv/status/1618898542277574656

ރާއްޖެއިން ބޭރަށް ދަތުރެއް ރާވާފައި ވާނަމަ، ޓްރެވަލް ޕްލޭނެއް ވެސް އޮންލައިންކޮށް ބައްލަވައިގަނެގެން ލަގެޖާއި ޕާސްޕޯޓާއި ފައިސާގެ ރައްކާތެރިކަމާއި އަދި ދަތުރުމަތީގައި އުޅެނިކޮށް ކުރަންޖެހޭ ސިއްހީ ފަރުވާއަށް ދާ ހަރަދު ވެސް ހޯދޭނެ ގޮތް ގެރެންޓީކޮށްފައި ބެހެއްޓިދާނެއެވެ. 30 ޖެނުއަރީގައި ޓްރެވަލް ޕްލޭނެއް ބެސް ބައްލަވައިގަނެގެން ކަލަންޑަރެއް ހޯއްދަވަންވީއެވެ.

މިހެން ގޮސް އެކި ކަހަލަ ޕްލޭންތައް އެލައިޑު އަދި އެލައިޑް އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްގައި އެބަހުއްޓެވެ. އެލައިޑްގެ އަހަރީ ދުވަހާ ދިމާކޮށް މިއިން ޕްލޭނެއް ބައްލަވައިގަނެގެން ދެމެހެއްޓެނިވި ގޮތުގައި ޓާސްކް މެނޭޖުކޮށްލުމަށް އެލައިޑްގެ ކަލަންޑަރެއް ވެސް ހޯއްދަވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް