އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ދެ ކެނޑިޑޭޓުންގެ ކެމްޕޭނު ނިންމުން މިއަދު ހަވީރު

އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންކަމުގައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ވާދަވ...

27 Jan 2023 | 10:35

އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންކަމުގައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރި ކެމްޕޭނު ނިންމުން މިއަދު ހަވީރަށް ދެ ޓީމުންވެސް ތާވަލުކޮށްފިއެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނު ނިންމިން މިއަދު ފަށަން ރާވާފައިވަނީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުންނެވެ. ހަވީރު 4:30 ގައި ފެށުމަށް ހަމަޖެހިފައިވާ އެ ހަރަކާތުގައި އަތޮޅުތަކުންނާއި ރަށްރަށުންނާއި ސިޓީތަކުން ހަމަ އެ ވަގުތުގައި ކެމްޕޭނު ނިންމުން ކުރިއަށްގެންދާނެކަން ހާމަކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ކެމްޕޭނު ނިންމުމުގެ ހަރަކާތް ފެށުމަށް ނިންމާފައިވަނީ ރާޅުގަނޑު ސަރަހައްދުންނެވެ. މި ހަރަކާތްވެސް ފެށުމަށް ނިންމާފައިވަނީ ހަވީރު 04:30 ގައެވެ.

ޕާޓީއެއްގެ އެތެރޭގެ އެންމެ ފޯރިގަދަ މި އިންތިހާބަށް ދެ ކެނޑިޑޭޓުންވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވަޑައިގެން ކެމްޕޭނު ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މާދަމާ މާލެ ސަރަހައްދާއި އަތޮޅުތަކާއި ސިޓީތަކުގައި އަދި ރަށްތަކުގައި ކުރިއަށްދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް