މިއަދު ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 35 މީހުން ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 34 މީހުންނަކީ މާލެއިން ބަލި ޖެހުނު މީހުން ކަމަށެވެ. ދެން ޕޮސިޓިވްވެފައިވަނީ އަތޮޅު ތެރޭގެ ރަށަކުން ޕޮސިޓިވްވި މީހެކެވެ.
މިއަދު ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 2،122 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 513 މީހުންނަށެވެ. އޭގެ ތެރެއިން 39 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 13،050 މީހުން ވަނީ މިހާތަނަށް ބަލިން ރަނގަޅުވެފައި އެވެ. މިހާތަނަށް ކޯވިޑް ޖެހިގެން މަރުވެފައިވަނީ 48 މީހުންނެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 13،618 އަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް