ސުނާމީ ފަދަ ކޮންމެ ހާދިސާއެއްގައި އެއްމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ބައެއްގެ ހައިސިއްޔަތުން ސިފައިންނާއި ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓިއަށް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި އެވެ. ގައުމީ އެއްބައިވަންތަކަމުގެ ދުވަހަކީ2004 ޑިިސެމްބަރު26 ގެ ސުނާމީ ހާދިސާ އާއި ގުޅިގެން ދިވެހިން ދައްކުވައިދިން އެއްބައިވަންތަ ކަމާއި އަހުވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ.
މާރިޔާގެ ޓުވީޓުގައި ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސް ކުރާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިފަދަ ކޮންމެ ހާދިސާއެއްގައި ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ބަޔަކީ އެމްއެންޑީއެފާއި އެންޑީއެމްއޭ ކަމަށެވެ. އަދި މި ދެ އިދާރާގެ މުވައްޒަފުން ކުރާ އިހުލާސްތެރި ހިދުމަތް މިއަދު ފާހަގަ ކޮށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.
https://twitter.com/MariyaDidi/status/1342781910129340416
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް