ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕެއިން އަނެއްކާވެސް ފަށަން ނިންމައިފި އެވެ.
ރާއްޖެއިން ހިމަބިހި ނައްތާލާލާފައިވާކަމުގެ އެވޯޑު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދިނީ 2017، ސެޕްޓެމްބަރު 17 ގައި އެވެ. އެކަމަކު މިދިޔަ އަހަރު ފަހު ކޮޅު އަނެއްކާވެސް ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވެ އެވެ.
އަލުން ހިމަބިހީގެ ކޭސްތަކެއް ފެނުމުން މިއަހަރުގެފެބްރުއަރީ 24 ގައި ވަނީ ހިމަބިހި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައި އެވެ. އެ ޕްރޮގްރާމް މެދުކަނޑާލަން ޖެހުނީ ކޯވިޑް-19 އާއި ގުޅިގެން ނެވެ.
އެޗްޕީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކުރިޔަށް އޮތް ހަފްތާގައި ހިމަބިހި ވެކްސިން ދިނުމުގެ ކެމްޕެއިން ކުރިޔަށް އޮތް ހަފްތާ ތެރޭގައި އަލުން ފަށާނެ ކަމަށެވެ. ފުރަތަމަ މި ޕްރޮގްރާމް ކުރިޔަށް ގެންދާނީ ނ. ޅ އަދި ލ އަތޮޅުގެ ރަށްތަކުގައި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުމުރުން 18-40 އަހަރާއި ދެމެދުގެ އުމުރު ފުރާގެ ދިވެހިންގެ ތެރެއިން މީސަލްސް ވެކްސިންގެ ދެ ޑޯޒު ޖެހި ކަމުގެ ލިޔުން ނެތް ހުރިހާ އެންމެންނަށް ވެކްސިން ދޭނެ ކަމަށެވެ. އަދި ބިދޭސީންގެ ތެރެއިން މީސަލްސް ވެކްސިންގެ ދެ ޑޯޒު ޖެހި ކަމުގެ ލިޔުންނެތް ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެކްސިން ދޭނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ކޯވިޑް-19 ގެ ބަލި މަޑުކަމާއި ގުޅިގެން ކެމްޕެއިން މަޑުޖައްސާލަން ޖެހުނު ނަމަވެސް ގައިންގަޔަށް އަރާ މިފަދަ ބަލިތަކަށް ދޭން ޖެހޭ ސަމާލުކަން ކުޑަ ނުކުރާ ކަމަށެވެ.
މިދިޔަ އަހަރު ފަހުކޮޅު އަލުން ހިމަބިހި ފެނުނު ފަހުން ކެމްޕެއިން މެދުކަނޑާލުމާއި ހިސާބަށް 15 ވަރަކަށް މީުނަ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް