ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފޮނުއްވައިފި އެވެ.
މިއަދު ފާހަގަ ކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ރައީސް ސާލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެހާ ކާރިސާތަކުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރައްވައި، ގައުމީ މައްސަލަތައް ހައްލުކުރުމުގައި އެއްބައިވަންތަކަމުގައި ސާބިތުވެ ތިބުމުގެ ތައުފީގު ހުރިހާ ދިވެހިންނަށް މިންވަރުކުރުމަށް އެދޭ ކަމަށެވެ.
ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.
މި ދުވަސް ދިވެހިން ފާހަގަކުރަމުންދަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އާކޮށް ދިވެހިން އެދުވަހު ދެއްކި އެއްބައިވަންތަކަމުގެ ރީތި ނަމޫނާގެ ހަނދާން އާކުރާ ދުވަހުގެ ގޮތުގަ އެވެ.
އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބާއްވާ ޚާއްސަ ޖަލްސާ މިރޭ ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް