އާދަޔާ ޚިލާފަށް ބޮޑެތި ތަރުކާރީގެ ބާވަތްތައް ހައްދާ, ޔޫކޭގެ މީހެއްކަމުގައިވާ ޕީޓާ ގްލޭސްބްރޫކް އަކީ މިފަދަ ތަރުކާރީތައް ހެއްދުމުގައި ދުނިޔޭގެ ރެކޯރޑްފޮތުންވެސް ޖާގަ ހޯދާފައިވާ މީހެކެވެ.
މިހާތަނަށް 15 ދުނިޔޭގެ ރެކޯރޑްއެއް ނަގާފައިވާ ޕީޓާ އޭނާގެ މި މަސައްކަތުގައި މިހާރު 29 އަހަރު ހޭދަކޮށްފިއެވެ. ޕީޓާ ހައްދާ ބާވަތްތަކުގެތެރޭގައި ކެރޮޓް އާއި އަލުވި ޓޮމާޓޯ އަދި ފިޔާ ފަދަ ބާވަތްތައް ހިމެނެއެވެ.
ބީބީސީއަށް ޕީޓާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ކޮންމެ ކަމެއްވެސް ކުރާ ހިތުން ކޮށްފިނަމަ ކާމިޔާބާ ހަމަޔަށް ވާޞިލުވެވޭނެކަމަށެވެ.
ޕީޓާ ބުނެފައިވަނީ ކޮންމެ ވައްތަރެއްވެސް އިންދުމުގައި އޭނާ އެންމެ ބޮޑަށް ބަލަނީ އެ ބާވަތެއް ހެއްދޭނެފަދަ މޫސުމެއްގައި އިންދުމަށެވެ.
އެންމެ ފުރަތަމަ ގްރީންހައުސްގައި އިންދުމަށްފަހު ދެން ޕޮޓަކަށް ލުމަށް ޕީޓާ ބުނެއެވެ. ގަސްތަކަށް ވަރަށް ބޮޑަށް އަޅާލައި ބަލަހައްޓަންވާނެ ކަމުގައިވެސް ޕީޓާ ބުނެއެވެ.
އާދަޔާޚިލާފު ބޮޑެތި ތަރުކާރީ ހައްދަނީ ސީރިއަސް ކަމެއްގެ ގޮތުގައަށްވުރެން ހޮބީއެއްގެ ގޮތުގައިކަމުގައިވެސް ޕީޓާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް