ކީކިމިނި މަސްވެރިކަމުގެ އޮޕަރޭޝަނަށް އަންނަ އަހަރު ހުޅުވާލަން ނިންމައިފި

ކީކިމިނި މަސްވެރިކަމުގެ އޮޕަރޭޝަނަށް އަންނަ އަހަރު ހުޅުވާލަން ނިންމާފައިވާ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ވިދާޅުވީ އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ށ. ކީކ...

26 Dec 2020 | 07:43

ކީކިމިނި މަސްވެރިކަމުގެ އޮޕަރޭޝަނަށް އަންނަ އަހަރު ހުޅުވާލަން ނިންމާފައިވާ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ވިދާޅުވީ އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ށ. ކީކިމިނި މަސްވެރިކަމުގެ އޮޕަރޭޝަނަށް އަންނަ އަހަރު ކުރީކޮޅު ހުޅުވާލާނެ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާލުވެފައި މިވަނީ ހުސްވި ހަފުތާގެ ތެރޭގައި މަސްވެރިންތަކެއް ފެލިވަރުގައި މުޒާހަރާކޮށް، ކީކިމިނި އޮޕަރޭޝަންގެ ހާލަތަށް ގެނައުމަށް ސަރުކާރަށް ގޮވާލާފައިވާ ދަނޑިވަޅެއްގަ އެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ކީކިމިނި އެ ހާލަތަށް ގެނެވޭ އިރު މަސް ގަނެ، މަސް ރައްކާކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. އަދި މަސް ފިނިކުރުމަށް ބޭނުންވާ އައިސް ލިބުމުގެ އިންތިޒާމުވެސް ހަމަޖައްސާނެ ކަމަށެވެ.

ޒަހާ ވިދާޅުވީ ކީކިމިނި އޮޕަރޭޝަނަށް ގެނެވުމާއެކު ފެލިވަރަށް ލުއިވެ، މަސްވެރިންނަށްވެސް އެތައް ގޮތަކުން ފަސޭހަވާނެ ކަމަށާއި މަސްކިރުމުގައި ދިމާވާ މައްސަލަތަކަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް