ދިރާގުގައި ގިނަ ދުވަހުގެ މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން މިއަހަރު މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ހަފްލާ ބޭއްވީ ވާޗުއަލްކޮށްކަމަށެވެ. މި ހަފްލާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ދިރާގުގެ ބްރާންޗުކުގެ މުވައްޒަފުންނާއި އެކު200 މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
މި ހަފްލާގައި އެ ކުންފުނީގެ 65 މުވައްޒަފަކު ކުންފުންޏަށް ކޮށްދީފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް އިނާމު ދީފައިވެ އެވެ. އެ މުވައްޒަފުންނަކީ ދިރާގުގައި މަސައްކަތް ކުރާތާ 10، 15 އަދި 25 އަހަރު ވެފައިވާ މުވައްޒަފުންނެވެ.
ހަފްލާ ޝަރަފުވެރިކޮށްދެއްވައި، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވަނީ އެކުންފުންޏަށް ގިނަ ދުވަހު ހިދުމަތް ކޮށްދިން މުވައްޒަފުންނަށް މަރުހަބާ ދަންނަވައި، އެ މުވައްޒަފުން ކޮށްދިން މަސައްކަތްތަކަށް ޝުކުރު ދަންނަވާފަ އެވެ. އަދި އެ މުވައްޒަފުންގެ އާއިލާތަކަށްވެސް ޝުކުރު ދަންނަވާފައިވެ އެވެ.
މި ހަފްލާގައި، އިނާމު ލިބުނު މުވައްޒަފުން ވަނީ ހަފްލާގެ ބައިވެރިންނަށް އެ މުވައްޒަފުންގެ ތަޖުރިބާތައް ހިއްސާކޮށްފަ އެވެ.
މީގެ ކުރިންވެސް ދިރާގުން ވަނީ އެކުންފުންޏަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށްފަ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް