ބ. ދަރަވަންދޫ، ބ. ކެންދޫ އަދި ސ. ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
އެމްޓީސީސީން ވިދާޅުވި ގޮތުގައި ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަހައްދަށް އެޅުމާއި، 490 މީޓަރު ސަރަހައްދުގައި ބޭރުތޮށިލުމާއި 96 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކޮށްފައިވާ 22.14 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
އެމްޓީސީސީން މަޢުލޫމާތު ދެެއްވި ގޮތުގައި، ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ފަތާ ސަަރަހައްދެއް ކޮނުމާއި، 803 މީޓަރު ބޭރު ތޮށިލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ސަރަހައްދުގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢު ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އެސެސްމަންޓެއް ހެދުމަށް ހަމަޖެހިފައިވާ ކަމުގައި އެމްޓީސީސީން ވިދާޅުވިއެވެ.
މިއީ 365 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރުމަށްޓަކައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުުން އެމްޓީސީސީ އާއި ހަވާލު ކުރެވިފައިވާ 39.99 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
އެމްޓީސީސީން ވިދާޅުވީ ސ. ހިތަދޫ ގޮނޑުދަޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން 6891، ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، 100 މީޓަރުގެ ބޭރުތޮށިލުމާއި، 570 މީޓަރުގެ ޖިއޯ ޓިއުބް ސްޓްރަކްޗަރސް ޖެހުން ހިމެނޭ ކަމަށެވެ. އަދި މި މަޝްރޫޢު ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އެސެސްމަންޓެއް ހެދުމަށް ވަނީ ހަމަޖެހިފައި ކަމުގައި އެމްޓީސީސީން ވިދާޅުވިއެވެ.
މިއީ 165 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރުމަށްޓަކައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުުން އެމްޓީސީސީ އާއި ހަވާލު ކުރެވިފައިވާ 11.64 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުތައް ހަވާލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް