މިއަދު ޓެސްޓު ކުރި 1،728 ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވީ 35 މީހުން

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 35 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 28 މީހުންނެވެ. އިތުރަށް ޕޮސިޓިވްވެފައިވަނީ އޮޕ...

26 Nov 2020 | 17:28

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 35 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 28 މީހުންނެވެ. އިތުރަށް ޕޮސިޓިވްވެފައިވަނީ އޮޕަރޭޓްކުރާ ރިސޯޓުތަކުން ތިން މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން ތިން މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،728 ސާމްޕަލެވެ. އަދި މިހާތަނަށް ރިޕީޓް ސާމްޕަލާއި އެކު ރާއްޖެއިން 237.737 ސާމްޕަލް ކޯވިޑް-19 އަށް ޕީސީއާރު ޓެސްޓު ހަދާފައިވެ އެވެ.

ކޯބިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،119 އެވެ. އޭގެ ތެރެއިން 95 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު މި ބަލީގައި 46 މީހުން ވަނީ މަރުވެފައި އެވެ.

މިހާތަނަށް ކޯވިޑަށް ޕޮސިޓިވްވި މީހުންގެެ ތެރެއިން 11،717 މީހުން ވަނީ ކޯވިޑް-19 އިން ރަނގަޅުވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޕޮސިޓިވްވެފައިވަނީ 12،889 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް