ޖަޕާނުގައި ދޫނި ރޯގާ ފެތުރެމުންދާ ކަމަށް އެ ގައުމުން އިއުތިރާފް ވެއްޖެ

ޖަޕާނުގައި ހަލުވިކަމާއެކު ދޫނި ރޯގާ ފެތުރެމުން އަންނަ ކަމަށް އެގައުމުގެ ސަރުކާރުން އިއުތިރާފުވެއްޖެ އެވެ. ދޫނި ރޯގާ ނުވަތަ އެވީއަން އިންފްލުއެންޒާ ފެތުރެމުންދަނީ، ޖަޕާނުގެ ފުކުއޮކާ ޕްރީފެކްޗާގައި ކުކު...

26 Nov 2020 | 12:42

ޖަޕާނުގައި ހަލުވިކަމާއެކު ދޫނި ރޯގާ ފެތުރެމުން އަންނަ ކަމަށް އެގައުމުގެ ސަރުކާރުން އިއުތިރާފުވެއްޖެ އެވެ.

ދޫނި ރޯގާ ނުވަތަ އެވީއަން އިންފްލުއެންޒާ ފެތުރެމުންދަނީ، ޖަޕާނުގެ ފުކުއޮކާ ޕްރީފެކްޗާގައި ކުކުޅު ގެންގުޅޭ ފާމެއްގައި ކަން ވެސް، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެގޮތުން ކުކުޅު ގެންގުޅޭ ދަނޑުތަކުން ގިނަ އަދަދެއްގެ ކުކުޅު މަރުވުމުން ހެދި ޓެސްޓުތަކުން، އޭވިއަން ފްލޫގެ އަސަރު ފެނިފައިވާ ރިޕޯޓުތައް ބުނެއެވެ. މި ސަރަހައްދުން ފެނިފައިވަނީ އެޗް 5 ބާޑް ފްލޫގެ ވައިރަސް ސްޓްރެއިން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ފެށިއިރު، މިޓޯޓޯ ފާމުން، 4 ދުވަހުގެ ތެރޭގައި 3800 ކުކުޅު މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް، ވަކިން ހޮވައިގެން، ހަތަރުލައްކަ ފަސްދޮޅަސްހާހެއްހާ ކުކުޅު ނައްތާލާފައިވާ ކަމަށާއި 2016 އިން 2017 އަށް ފެތުރެމުންދިޔަ ދޫނި ރޯގާގެ އެޗް5އެން6 ސްޓްރެއިން އާ ގުޅިގެން ޖަޕާނުން 1.67 މިލިއަން ކުކުޅު ނައްތާލާފައިވާ ކަަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް