މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހުވަދޫ އެއިޑް ޖަމްއިއްޔާ އާއި ގުޅިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕް ފަށައިފިއެވެ.
މި ވޯކްޝޮޕް ކުރިޔަށް ގެންދަނީ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކަމަށްވާއިރު މިފަހަރު ވޯކްޝޮޕްގައި 44 ޖަމިއްޔާއަކުން ވަނީ ބައިވެރިވެފައެވެ.
މިއީ މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އަމާޒުކުރެވިގެން ކުރިޔަށް ގެންދާ ވޯކްޝޮޕެއް ކަމަށްވާއިރު މިފަހަރުގެ ވޯކްޝޮޕް ކޮވިޑް 19 އާ ގުޅިގެން ކުރިޔަށް ގެންދަނީ ވަރޗުއަލްކޮށެވެ.
މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަން ހަމަޖެހިފައިވަނީ އެކިއެކި ގްރާންޓް ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް އެކުލަވާލާނެ ގޮތްތަކުގެ މައްޗަށެވެ.
މަދަނީ ޖަމްއިއްޔާތަކަށް އަމާޒުކުރެވިގެން މިފަދަ އިތުރު ޕްރޮގްރާމްތައް ވެސް ކުރިޔަށް އޮތް ތަނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް