"ބޮބް ބިސްވާސް" ގައި ސިފައަށް ގެނެސްފައިވާ ބަދަލުން އަބީޝެކު އޮޅިއްޖެ

ޝޫޓިން ކުރިޔަށްދާ ބޮލީވުުޑްގެ ފިލްމު "ބޮބް ބިސްވާސް" ގެ ލީޑްރޯލުން ފެނިގެންދާ އަބީޝެކް ބައްޗަންގެ ސިފައަށް ގެނެސްފައިވާ ބަދަލުން ގިނަ ބަޔަކަށް އޭނާ އޮޅިއްޖެ އެވެ. މި ފިލްމުގައި އަބީޝެކާއި އެކު ލީޑްރޯލ...

26 Nov 2020 | 06:28

ޝޫޓިން ކުރިޔަށްދާ ބޮލީވުުޑްގެ ފިލްމު "ބޮބް ބިސްވާސް" ގެ ލީޑްރޯލުން ފެނިގެންދާ އަބީޝެކް ބައްޗަންގެ ސިފައަށް ގެނެސްފައިވާ ބަދަލުން ގިނަ ބަޔަކަށް އޭނާ އޮޅިއްޖެ އެވެ.

މި ފިލްމުގައި އަބީޝެކާއި އެކު ލީޑްރޯލުން ފެނިގެންދަނީ ވިދްޔާ ބާލަން އެވެ. މި ފިލްމަކީ 2012 ވަނަ އަހަރު ރިލީޒް ކުރި "ކަހާނީ" އާއި ގުޅުން ހުރި ފިލްމެކެވެ.

ބޮބް ބިސްވާސް އަކީ ފިލްމު "ކަހާނީ" އިން ފެނިގެންދާ ފައިސާއަށް މީހުން މަރާ މީހާ އެވެ. އޭނާގެ ކެރެކްޓާ އަށް ވަކި ފިލްމެއް ހަދަން ނިންމީ ޑައިރެކްޓަރު ދިޔާ އަންނަޕޫނާ އެވެ.

"ބޮބް ބިސްވާ" ގައި އަބީޝެކްގެ ކެރެކްޓާ ވަނީ "ކަހާނީ" ގައި އޭނާގެ ސިފަ ހުންނަގޮތަށް ވަރަށް ބޮޑަށް ވައްތަރުކޮށްފައި އެވެ. މީޑިއާގައި އާންމުވެފައިވަނީ އެ ފިލްމު ޝޫޓިންގެ ތެރެއިން ނަގާފައިވާ އަބީޝެކްގެ ފޮޓޯތަކެކެވެ.

އަބީޝްގެ ބޮލުގައި އިސްތަށިގަނޑެއް ޖަހާފައިވާއިރު ހެދުން އަޅާފައި ހުންނަނީވެސް ތަފާތުގޮތަކަށެވެ. އަދި ބޮޑު ނަމްބަރު އައިނެއް އަޅާފައި ހުރުމުން ފޮޓޯ ފެނުމުން އެއީ އަބީޝެކްކަން ފާހަގަ ކުރަން ގިނަ މީހުންނަށް ނޭނގުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިލްމު "ބޮބް ބިސްވާ" ރިލީޒް ކުރާ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް