އިންޑިއާގެ ކޮޗިން އިން މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް ބުކިން ހެއްދުމުގެ ފުރުސަތު މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އިން ހުޅުވާލައިފި އެވެ.
އެމްއެސްއެސް އިން ބުނީ އެ ކުންފުނީގެ ކާގޯ ބޯޓު އެމްވީ އެމްސީޕީ ލިންޒް ކުޅުދުއްފުށީ ޕޯޓުން ކޮޗިންއަށް ދިއުމަށް ފުރާފައިވާ ކަމަށެވެ.
އަދި މި ދަތުރުގައި ކުޅުދުއްފުށީ ޕޯޓާއި މާލެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ބުކިން ހެއްދުމަށް ގުޅަން ޖެހެނީ 7309700 އަށެވެ، އީމެއިލް މެދުވެރިކޮށް ބުކިން ހައްދަން އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.
މިއީ ކޮޗިން އާއި ކުޅުދުއްފުށީ ސިޓީއާއި ދެމެދު ކާގޯ ފެރީ ބާއްވާ ދެވަނަ ދަތުރެވެ. މީގެ ފުރަތަމަ ދަތުރު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.
މީގެ އިތުރުން އެމްއެސްއެސްގެ ކާގޯ ބޯޓު އެމްވީ ބޮންތި 2 ވަނީ އައްޑޫ ސިޓީ އާއި ގދ. ތިނަދޫ އަށް އިންޑިއާއިން މުދާ ގެންނަން އިންޑިއާގެ ޓުޓިކޮރިން އަށް ފުރާފައި އެވެ.
މިއީ ދެކުނުގެ އަތޮޅުތަކަށް މުދާ ގެންނަން ކުރާ ފުރަތަމަ ދަތުރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް