މޯލްޑިވިއަންއިން އިންޑިއާގެ ކޮޗިންއިން މާާލެއަށް ހާއްސަ ދަތުރުތަކެއް ބޭއްވުން ނިންމައިފި އެވެ.
މި ފްލައިޓުތައް އޮންނާނީ މިމަހުގެ 27، 28 ،29 އަދި 30 ވަނަ ދުވަހު އެވެ.
މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 7،474 ރުފިޔާ އެވެ.
މި ދަތުރުތަކާއި ގުޅޭ އިތުރު މައުލޫމާތު 009104714000619 އަށް ގުޅުމުން ލިބޭނެ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗްމަހުގެ ފަހުކޮޅު އެވެ. އޭގެ ފަހުން ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް އިންޑިއާއަށް ކުރުމުގެ ހުއްދައެއް ނުދެ އެވެ. އެކަމަކު ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ގާއިމްކޮށްފައިވާ އެއާބަބްލްގެ ތެރެއިން އެ ގައުމުގެ ދެ އެއާލައިނަކުން ދަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.
އެކަމަކު ރާއްޖެއިން ބޭސްފަރުވާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދަނީ ސަރުކާރުން ފަހިކޮށްދެމުންނެވެ. މި ދަތުރުތައް ކުރަނީ މޯލްޑިވިއަންގެ ފްލައިޓުތަކުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް