ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެނަޖް: ވަރުގަދަ ކުރިމަތި ލުމަކަށް ފަހު ފައިނަލްގެ ފުރަތަމަ ޖާގަ ޑީޑީއެފް އިން ހޯދައިފި !

ލ.ގަމު ތުނޑީ އަވަށުގައި މިހާރު ކުރިޔައްދާ ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެނަޖް 2020 ގެ ފައިނަލްގެ ފުރަތަމަ ޖާގަ ޑީޑީއެފް ދި ޖެނެރޭޝަން އިން ހޯދައިފިއެވެ. ޑީޑީއެފް ދި ޖެނެރޭޝަން އިން ފައިނަލަށް ދަތުރުލުރީ މ...

26 Oct 2020 | 17:17

ލ.ގަމު ތުނޑީ އަވަށުގައި މިހާރު ކުރިޔައްދާ ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެނަޖް 2020 ގެ ފައިނަލްގެ ފުރަތަމަ ޖާގަ ޑީޑީއެފް ދި ޖެނެރޭޝަން އިން ހޯދައިފިއެވެ.

ޑީޑީއެފް ދި ޖެނެރޭޝަން އިން ފައިނަލަށް ދަތުރުލުރީ މިރޭ ކުޅުނު ސެމީފައިނަލް މެޗުގައި ގޯޅި ސްޕޯޓްސް އާއި ވާދަކޮށް މެޗުގެ ނަތީޖާއެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 5-6 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަކަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޑީޑީއެފް އިންނެވެ.

މި ނަތީޖާގައި އެޓީމަށް ހިފަހައްޓާލެވޭގޮތެއް ނުވިއިރު، ގޯޅި ސްޕޯޓްސް ކުލަބުން ވަނީ ފުލު ދެ ލަނޑު ޖަހާ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ.

ގޯޅި ސްޕޯޓްސް އިން ނަތީޖާ އަނބުރާލި ނަމަވެސް ޑީޑީއެފް ކުޅުންތެރިން ދިޔައީ މި ނަތީޖާ ބަދަލުކޮށްލުމަށް ހިއްވަރާއި އެކު ބުރަކޮށް މަސައްކަތް ކުރަމުން ނެވެ.

ނަތީޖާއެއްގެ ގޮތުން ޑީޑީއެފްއިން ވެސް ވަނީ ފުލުފުލު ދެ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ނަމަވެސް ގޯޅި ސްޕޯޓްސް ކުލަބުން ވަނީ މެޗުގެ ފަހުހާފުގެ ކުޅުން ނިމުމުގެ ކުރިން ލަނޑެއް ޖަހާ ނަތީޖާ އެއް ވަރު ކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއިން މެޗު އެއްވަރު ވުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ކޮންމެ ޓީމަކުންވެސް 3 ޕެނަލްޓީ ޖެހިއިރު، ގޯޅި ސްޕޯޓްސް އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. ނަމަވެސް ޑީޑީއެފް އިން ޖެހި ހުރިހާ ޕެނަލްޓީއެއް ވެސް ވަނީ އެޓީމުން ކާމިޔާބު ކޮށްފައެވެ.

ޑީޑީއެފް މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ މި މުބާރާތުގައި މިހާތަނަށް ކުޅު އެއްވެސް މެޗަކުން ބަލި ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް