ރާއްޖެއިން އިތުރު 27 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވީ މާލެއިން 20 މީހުންނާއި އަތޮޅު ތެރެއިން ހަތް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 10 ބިދޭސީންނެވެ.
އެޗްޕީއޭއިން ބުނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް 1،301 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.
ކޯވިޑް ޖެހިގެން ފަރުވާދެމުންދަނީ 925 މީހުންނަށެވެ. އޭގެ ތެރެއިން 37 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ދެމުން ދަނީ 307 މީހުންނަށެވެ.
އަތޮޅު ތެރޭގެ 23 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން ކަރަންޓީންކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ބިދޭސީންނާއި 35 ދިވެހިންނެވެ.
މީގެ އިތުރުން 26 ރިސޯޓެއްގައި ޕޮސިޓިވް މީހުން އެބަތިއްބެވެ. އެއީ 83 މުވައްޒަފުންނާއި 29 ޓޫރިސްޓުންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 10،563 މީހުން މިހާތަނަށް ބަލިން ރަނގަޅުވެފައިވެ އެވެ.
މިއަދު ހަވީރު 6:00 ގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 11،532 އަށް އަރާފައި އެވެ. އޭގެ ތެރެއިން 37 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް