ނައިފަރާއި ވޭމަންޑުގައި މަޑުޖެހިފައި ހުރި މަޝްރޫޢުތައް ނިންމުމަށް އެމްޑަބްލިއުއެސްސީ އާ ޙަވާލު ކޮށްފި

ޅ. ނައިފަރާއި ތ. ވޭމަންޑޫގައި މަޑުޖެހިފައިހުރި މަޝްރޫޢުތައް ނިންމުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފި އެވެ. ނައިފަރުގެ ނަރުދަމާ ނިޒާ...

26 Oct 2020 | 14:59

ޅ. ނައިފަރާއި ތ. ވޭމަންޑޫގައި މަޑުޖެހިފައިހުރި މަޝްރޫޢުތައް ނިންމުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފި އެވެ.

ނައިފަރުގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް 24,266,061.64 ރުފިޔާ ޚަރަދުކުރާއިރު، މި މަޝްރޫޢަކީ 5 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. އަދި އެރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް 13,136,034.10 ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 5 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ތ. ވޭމަންޑޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް 17,153,276.10 ރުފިޔާ ޚަރަދުކުރާއިރު، މި މަޝްރޫޢަކީ ވެސް 5 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް