އުނގޫފާރުގައި މިއަދު ނެގި ރެންޑަމް ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ރ އުނގޫފާރުގައި މިއަދު ނެގި ރެންޑަމް ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އެރަށު ކައުންސިލުން ބުނީ ޕޮޒިޓިވްވެފައި ވަނީ އެރަށުގައި ދިރިއުޅޭ މީހެއް ކަމަށެވެ. އެޗްއީއޯސީ އިން ބުނީ މިކަމާގުޅޭ އިތުރު ...

26 Oct 2020 | 14:51

ރ އުނގޫފާރުގައި މިއަދު ނެގި ރެންޑަމް ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެރަށު ކައުންސިލުން ބުނީ ޕޮޒިޓިވްވެފައި ވަނީ އެރަށުގައި ދިރިއުޅޭ މީހެއް ކަމަށެވެ.

އެޗްއީއޯސީ އިން ބުނީ މިކަމާގުޅޭ އިތުރު ތަފްސީލު މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާނެ ކަމަށެވެ.

ޕޮޒިޓިވް ކޭސްއެއް ފެންނަ ރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެންދިއުމަކީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ކުރަން ޖެހޭ ކަމެކެވެ. އެގޮތުން އެޗްއީއޯސީ އިން ބުނީ އެރަށް މިހާރު ވަނީ މޮނިޓަރިން ހާލަަތުގައި ކަމަށެވެ.

އުނގޫފާރަކީ ރ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށްކަމުން އެރަށަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ގޮސް ހަދަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް