ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރުގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މާދަމާ ފެށުމަށް ތާވަލު ކޮށްފި އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް ކުރަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލު ކުރި މައްސަލާގަ އެވެ.
އޭނާގެ އިތުރުން އޭރުގެ އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން އެ ދައުވާ ކުރެ އެވެ.
އެ ދެ ބޭފުޅުންނަށް ކުރާ ދައުވާގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރު އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް، އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރަން އެދުނީ ދައުލަތަށް ގެއްލުންވާ ގޮތަށް އެ މަސައްކަތުގެ އެއްބަސްވުން ހެދުމާއި އޭގެ ސަބަބުން އިކުއިޓީގެ ގޮތުގައި އެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހިި އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބުނު ކަމަށް ބުނެ އެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ހުށަހަޅައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް