ބޮޑުފޮޅުދޫ ޔަންގް ޕްލޭޔާސް ސްޕޯޓްސް ކްލަބްގެ ފަރާތުން، އެ އަތޮޅު ވެލިދޫގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ހަވީރުގެ ސައެއް ހަދިޔާކޮށްފިއެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ކްލަބުން ބުނީ މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.
"މި ހަރަކާތަކީ ކްލަބްގެ ހުރިހާ މެމްބަރުންގެ އިސްނެގުމުގެ މަތިން ދިވެހިން ސިފައިންނާއި ސިއްހީ ހިދުމަތްތެރިން އަމިއްލަ އާއިލާއާ ދުރުގަ ކޮށްދެމުންދާ ގައުމީ ހިދުމަތަށް ހިތްވަރު ދިނުމުގެގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް" އެ ކްލަބުން ބުނެފައިވެއެވެ.
އެގޮތުން އެ ކްލަބްގެ ފަރާތުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގަ ތިއްބެވި އައިސޮލޭޝަން ފެސިލިޓީގެ މުވައްޒަފުންނާއި ބަލި މީހުންނަށް ހަވީރުގެ ސައެއް ދީފައިވާއިރު އެ ހަރަކާތަށް ވެލިދޫ ކަރަންޓީނު ފެސިލިޓީގެ ކޮމާންޑަރު ވަނީ އެ ކްލަބަށް ޝުކުރު އަދާކޮށް ހާއްސަ މެސެޖެއް ފޮނުވާފައެވެ.
އެ ކްލަބުން އިތުރަށް ބުނެފައިވާގޮތުގައި އެ ކްލަބުން ކުރިއަށް އޮތްތާނގަވެސް އެކި ގޮތްގޮތުން މިފަދަ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް