ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑް ބަތޮލު ވަރުން ދަވަން، ރާއްޖޭގައި ހުރެ އޭނާގެ ތެޅުމުގެ ހުނަރު ދައްކާލައިފިއެވެ.
ވަރުން އޭނާގެ ކިކް ބޮކްސިން ހުނަރު ދައްކާލާފައިމިވަނީ އިންސްޓަގްރާމަށް ދޫކޮށްލި ވީޑިއޯއެއްގައެވެ. "މަންޑޭ ފީލްސް" ކެޕްޝަނަކަށް ލިޔެ ދޫކޮށްލި މި ވީޑިއޯއަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު ބޮލީވުޑް އެކްޝަން ތަރި ޓައިގަރ ޝްރޮފް އަދި ބޮލީވުޑް ތަރި ކުރޭޝީގެ އިތުރުން ސިއްދާންތު ޗަތުރުވޭދީ ވަނީ ވަރުންގެ މި ހުނަރަށް ތައުރީފް ކޮށްފައެވެ.
[contentcards url="https://www.instagram.com/reel/CGy9-JKBX5H/?utm_source=ig_embed"]
ވަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާ ފުށީގައެވެ. ވަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަތާ ހަފްތާއެއް ވެފައިވާއިރު އޭނާ އަންނަނީ ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ މަންޒަރުތައް ސޯޝަލް މީޑިއަށް ދޫކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް