ސުވެނިއަރ ފިހާރަތަކުގެ ޑައިރެކްޓަރީއެއް އެކުލަވާލުމުގެ މަސައްކަތްޓޫރިޒަމް މިނިސްޓްރީން ފަށައިފި

ސުވެނިއަރ ފިހާރަތަކުގެ ޑައިރެކްޓަރީއެއް އެކުލަވާލުމުގެ މަސައްކަތްޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ. ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ފަތުރުވެރިކަމާއި ސުވެނިއަރ ޝޮޕްތަކާއި...

26 Oct 2020 | 11:31

ސުވެނިއަރ ފިހާރަތަކުގެ ޑައިރެކްޓަރީއެއް އެކުލަވާލުމުގެ މަސައްކަތްޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ފަތުރުވެރިކަމާއި ސުވެނިއަރ ޝޮޕްތަކާއި ބޮޑަށް ގުޅުވާލުމުގެ ގޮތުން ރާއްޖޭގައި ހިންގާ ސުވެނިއަރ ފިހާރަތަކުގެ ޑައިރެކްޓަރީއެއް އެކުލަވާލުމަށް އެ މިނިސްޓްރީން މިދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

ވީމާ، ސްވެނިއަރ ވިޔަފާރި ދަފްތަރުގައި ހިމެނުމަށް ބޭނުންފުޅުވާ އެފަދަ ވިޔަފާރިތަކުން އެ މިނިސްޓްރީގެ ވެބްސައިޓްގައިވާ ފޯމް މެދުވެރިކޮށް ފުރިހަމަކުރެއްވުމަށްފަހު 8 ނޮވެމްބަރު 2020 ވާ އާދީއްތަ ދުވަހުގެކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދޭ ކަމަށް ވަނީ ބުނެފަ އެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ  ނަންބަރު 3022200 ނުވަތަ 3022207 އާއި ގުޅުއްވުން އެދޭ ކަަމަށް ވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

ސްވެނިއަރ ވިޔަފާރިއަކީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތަކުގެ ތެރެއިން މުހިންމު ވިޔަފާރި އަކަށް ވީހިނދު، ސްވެނިއަރ ޝޮޕްތައް ހިންގާ ފަރާތްތަކަށް ފަތުރުވެރިކަމުގެ މަންފާ ލިބޭނެ މަގު އިތުރަށް ތަނަވަސްވުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެހެންމެ ފަތުރުވެރިންނަށް ސްވެނިއަރ ޝޮޕްތަކުން ލިބިދޭ ޚިދުމަތްތައްވެސް ވީ އެންމެ ފުރިހަމަ ގޮތެއްގައި ލިބިދިނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭނެ ފުރުޞަތަކަށް ވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް