ރަހުނު ވިއްކައިގެން ދަރަނި ނުހޯދޭ ކަމުގެ ޝަކުވާ ބޭންކުން ކުރޭ: ނަޝީދު

ރަހުނު ވިއްކައިގެން ދަރަނި އަބުރާ ނުހޭދޯ ކަމުގެ ޝަކުވާތަށް ކޮމާޝަލް ބޭންކުތަކުން ކުރަން ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މަޖިލީހަށް ފ...

26 Oct 2020 | 10:30

ރަހުނު ވިއްކައިގެން ދަރަނި އަބުރާ ނުހޭދޯ ކަމުގެ ޝަކުވާތަށް ކޮމާޝަލް ބޭންކުތަކުން ކުރަން ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލުގެ ބަހުސް ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މިހާރު ވެސް70 އެއްހާ ރަށުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފައްޓާ، މަޑުޖެހިފައިވާއިރު އެއިން ކޮންމެ ރަށަކާ ގުޅޭ ލޯނެއް ކޯމަޝިއަލް ބޭންކުތަކުގައި އޮންނާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، މި ރަހުނުތަށް ވިއްކޭގޮތް މެދުވެރިވެއްޖެނަމަ ގިނަ އަދަދެއްގެ ފައިސާ މާލީ ނިޒާމުގެ ތެރެއަށް ވަދެގެންދާނެ ކަމަށެވެ. ނަމަވެސް ބޭންކުތަކަށް ދަރާފައިވާ ދަރަނި އަނބުރާ ހޯދަން ރަހުނު ވިއްކާނުލެވި، އެ ދަރަނީގެ ފައިސާ ނުހޯދޭތަން ދިމާވާކަމަށެވެ.

ބިލާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ، ބޭންކުތަކަށް ދަރަނީގެ ފައިސާ އަނބުރާ ނުހޯދުނީމަ އިންޓްރެސްޓު ރޭޓަށް ބަދަލުތަކެއް އައިސް ލޯނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އިތުރުވާ ކަމަށެވެ. އަދި ބޭންކުތަކުގެ އިންޓެރެސްަޓު ރޭޓު ހަތް ޕަސަންތަށް ވުރެ މަތިވުމަކީ ކަންބޮނޑުވާ ކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް