ސަލާމަތީ ބާރުތަކުން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް މިއަދާއި މާދަމާ މާލޭގެ ބޮޑެތި ބައެއް މަގުތައް ބަންދުކުރަނީ

ސަލާމަތީ ބާރުތަކުން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް މިއަދާއި މާދަމާ މާލޭގެ ބޮޑެތި ބައެއް މަގުތައް ބަންދުކުރަން ނިންމާފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފި އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ...

26 Oct 2020 | 09:25

ސަލާމަތީ ބާރުތަކުން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް މިއަދާއި މާދަމާ މާލޭގެ ބޮޑެތި ބައެއް މަގުތައް ބަންދުކުރަން ނިންމާފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބަންދުކުރަން ނިންމާފައި ވަނީ އެއަރޕޯޓް މަގާއި ސިނަމާލެ ބްރިޖާއި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކާއި ގްރީން ޒޯން ކަމަށެވެ.

ފުލުހުން ބުނީ އެ މަގުތައް ބަންދުކުރާނީ މެންދުރު 1:00 ގެ ފަހުން އެކި ވަގުތުތަކުގައި ކަމަށެވެ. އެކަމަކު އެ މަގުތައް ބަންދު ކުރާނީ ކޮން ވަގުތަކު އަދި ކިހާ ވަގުތަކަށް ކަމެއް ނުބުނެ އެވެ.

މިއީ ފުލުހުންނާއި ސިފައިން ބައިވެރިވާ ތަމްރީނު ތަކެކެވެ.

ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ތަމްރީންތަކަށް މީގެ ކުރިން ވެސް މާލޭގެ މަގުތައް ވަނީ ވަގުތީކޮށް ބަންދުކޮށްފައިވާ އިރު، ހަތިޔާރާ އެކު ހަރަކާތްތެރިވާ ނަމަ، އެކަން ވެސް އާންމުކޮށް އަންނަނީ އިއުލާނު ކުރަމުން ނެވެ.

https://twitter.com/PoliceMv/status/1320628081850081280

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް