ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮރަޕްޝަން ނެތް ކަމަށް ނިންމި މައްސަލައިގެ ތަހުގީގު ކުރަނީ

ކުރީ ސަރުކާރުން ބީލަމަށް ނުލައި ދަރުމަވަންތަށް ހޮސްޕިޓަލް އިމާރަތްކުރަން ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނިންމި ނިންމުން އަލުން ތަހުގީގު ކުރަން ފ...

26 Oct 2020 | 09:20

ކުރީ ސަރުކާރުން ބީލަމަށް ނުލައި ދަރުމަވަންތަށް ހޮސްޕިޓަލް އިމާރަތްކުރަން ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނިންމި ނިންމުން އަލުން ތަހުގީގު ކުރަން ފަށައިފި އެވެ.

މި މައްސަލައިގެ ތަހުގީގު އަލުން ފެށީ އެސެޓް ރިކަވަރީ ކޮމިޝަނުން އެމައްސަލަ ބަލަން އެދުމާއި ގުޅިގެންނެވެ.

އެއީ، އޭސީސީގެ ކުރީގެ މެމްބަރުން ތިއްބެވިއިރު، ތަހުގީގު ނިންމައި ކޮރަޕްޝަން ނެތް ކަަމަށް 2017 ގައި ފައިލްކުރި މައްސަލައެކެވެ. ދަރުމަވަންތަށް ހޮސްޕިޓަލް އިމާރާތް ކުރުމުގެ މައްސަލައިގައި ކޮރަޕްޝަން ނެތްކަމަށް ނިންމީ 2017 ވަނަ އަހަރު އެވެ. ކުރީ ސަރުކާރުން ކޮރަޕްޝަން ނުހިމެނޭ ކަމަށް ބުނެ ފައިލްކުރި ގިނަ މައްސަލަތަކެއް އެސެޓު ރިކަވަރީން އަންގައިގެން އޭސީސީއިން ވަނީ އަލުން ބަލަން ފަށައިފަ އެވެ.

ދަރުމަވަންތަށް ހޮސްޕިޓަލަކީ ސަރުކާރުނ143 މިލިއަން ޑޮލަރު ހޭދަކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުކެވެ. ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ143 މިލިއަން ޑޮލަރަކީ އެފަދަ މަޝްރޫއަކާ ބަލާއިރު ބޮޑު އަގެއް ކަމަށެވެ. އަދި އެއީ ތިން ގުނަ ބޮޑު އަދަދެއް ކަމަށް ވެސް ބުނެފައިވެ އެވެ. ދަރުމަވަންތަށް ހޮަސްޕިޓަލް އިމާރަތް ކުރުމުގެ މަސައްކަތް ހަވާލުކުރީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.

ކޮންސްޓްރަކްޝަން މަސައްކަތުގައި ރާއްޖޭގައި ފާހަގަ ކޮށްލެވޭ ކުންފުނިތަކުގެ ވެރިން އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ވިދާޅުވެފައިވަނީ އެ ފަދަ މަސައްކަތެއްގެ އަގު އާންމުކޮށް އުޅެނީ 40 މިލިއަނެއްހާ ޑޮލަރުގައި ކަމަށެވެ. ނަމަވެސް އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެފައިވަނީ، އަގޮބޮޑަސް އިމާރަތް އަވަހަށް ނިންމައި ރައްޔިތުންނަށް ސިއްހީ ފަރުވާ ދޭން ބޭނުންވާ ކަމަށެވެ. އަދި ފަސް ރުފިޔާ އިތުރަށް ހޭދަ ކުރަން ޖެހޭތީ މަޝްރޫއެއް ކުރިއަށް ނުގެންދެވޭނަމަ އެއީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް