ގާސިމް އާއި އެކު އެންއައިސީއަށް ހަތަރު މެމްބަރުން އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެޝަނަލް އިންޓިގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުން ބުނީ އެ ހަތަރު މަގާމަށް އައްޔަން ކުރައްވާ...

26 Oct 2020 | 08:20

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެޝަނަލް އިންޓިގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ހަތަރު މަގާމަށް އައްޔަން ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ޅ. ނައިފަރު، ނިކަގަސްދަށުގެ ގާސިމް ޢަބްދުލްކަރީމާއި، މާލެ، މ. ޕިސްތާގެ އާމިނަތު ޝާދިޔާއާއި، ގ. ދޫރެސްވިލާ އަލްއުސްތާޒާ ޢާޝިޔަތު ޝިއުނާއާއި، މާލޭ ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޒު ޝުޢައިބު ޢަބްދުއްރަޙްމާން ކަމަށެވެ.

މި ބޭފުޅުން އެންއައިސީގެ މެމްބަރުކަމަށް އައްޔަން ކޮށް ލިޔުން ހަވާލު ކުރީ މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެވެ.

މި ހަތަރު ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފައިވަނީ 51 މެމްބަރުންގެ ވޯޓުންނެވެ.

މީގެ ތެރެއިން ގާސިމް އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާ އަރުވާލުމުގެ މޭސްތިރިއެވެ. އޭނާ އޭރު ހުންނެވީ ފ. ނިލަންދޫ ބީއެމްއެލް ބްރާންޗުގެ މެނޭޖަރަކަށެވެ.

އެ މައްސަލައިގަ އޭނާގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އިރު އެ ހުކުމް ތަންފީޒު ކޮށް އޭނާ ވަނީ މިނިވަން ވެފައި އެވެ.

އެންއައިސީއަށް އަލުން މެމްބަރުން އައްޔަން މިކުރީ އެ ކޮމިޝަންގައި ތިއްބެވި ހަތަރު މެމްބަރުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް